ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ފަލަސްތީނުގެ ރައްޔިތުންނަށް ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު ބުނެފައިވަނީ، އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާއިން ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި، އެކުންފުނީގެ ސީއެސްއާރުގެ ދަށުން ބައިމިލިއަން ރުފިޔާ ވަނީ "އަހަރުމެން ފަލަސްތީނާއެކު ފަންޑަށް" ހަދިޔާ ކޮށްފައި ކަމަށެވެ.

ސްޓެލްކޯ ބޯޑު ރޯމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފައިސާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފެވެ. އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން އެހީގެ ޗެކާއި ހަވާލުވެލެއްވީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ޗެއާމަން އަހުމަދު އިގްބާލެވެ.

ސްޓެލްކޯއިން ބުނީ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއިންގެ ފަރާތުން ކުރިއަށް ގެންދާ ފަންޑު ހޯދުމުގެ ހަރަކާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އެކުންފުނީގެ ހެޑް އޮފީހުގެ ލޮބީ ސަރަހައްދުގައިވެސް ފަންޑުފޮއްޓެއް ބަހައްޓާފައިވާ ކަމަށެވެ.

ސްޓެލްކޯ ފާހަގަ ކުރެވިފައިވަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން އިޖުތިމާޢީ ޙަރަކާތްތަކުގައި ޢަމަލީގޮތުން ފުޅާ ދާއިރާއެއްގައި ބައިވެރިވާ ކުންފުންޏެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން