ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެމްޑީޕީއާއި، ޕީޕީއެމް ނޫން ބަޔަކަށްވެސް ފުރުސަތު އޮތްކަން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދައްކާނޭކަމުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަމަށް އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މީޑިޔާއަކަށް ދެއްވި އިންޓަރވިއުއެއްގައި އުމަރު ވިދާޅުވީ ދުނިޔޭގައި ރިޔާސީ ނިޒާމް އޮތް ގައުމުތަކުގައި ވަކި ޕާޓީއަކަށް ވެރިކަން ދިނުމުގެ ވިސްނުން ބަދަލުވެ، މީހާގެ ޤާބިލްކަމާއި، ތަޖުރިބާއަށް ބަލައި ނިންމުން ނިންމާފައިވާތަން ފެނިފައިވާކަމަށެވެ. ރާއްޖެވެސް މިއަދު މިވަނީ އެމިސްރާބަށް ރައްޔިތުންގެ ވިސްނުން ދާ ހިސާބަށް ގޮސްފައިކަމުގައި އުމަރު ވިދާޅުވިއެވެ. އެމްޑީޕީއާއި، ޕީޕީއެމްއަކީ ރާއްޖޭގައި އޮންނަންޖެހޭ ހަމައެކަނި ފިކުރުކަމަށް ބައެއް ބޭފުޅުން ދެކުނު ނަމަވެސް އެކަން 2023ގައި ބަދަލު ކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑަށް ޔަގީންވަނީ މިފަހަރުގެ އިންތިހާބުގައި އަޅުގަނޑު ދައްކާނަން ދިވެހި ރައްޔިތުންނަކީ ޕާޓީއެއްގެ ނަންފިލާގަނޑުގެ މަތީން ދާބައެއް ނޫންކަން. މި ތައްގަޑަކީ ހަރުވާ ތައްގަޑެއްނޫން. އެމްޑީޕީއާއި، ޕީޕީއެމްނޫން ބަޔަކަށް ފުރުސަތު ނެތްކަމަށް އެތައްބަޔަކު އެބަ ވިދާޅުވޭ. މިގޮތަށް އެމްޑީޕީއާއި، ޕީޕީއެމް އަބަދު އޮންނާނެކަމަށް ދެކޭދެކުމަކީ އެއިީ ކުށް ހީއެއް. ރިޔާސީ ނިޒާމަކީ އެގޮތަށް އޮންނަ ނިޒާމެއް ނޫން." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ވިސްނުމެއް ހުރި ލީޑަރެއްނަމަ އެމީހަކަށް ސިޔާސީ ޕާޓީތަކުން ޖާގަ ދޭން ދެކޮޅު ހަދާނެކަމަށެވެ. އެއީ އެމްޑީޕީއަށް ބެލި ނަމަވެސް އަދި ޕީޕީއެމަށް ބެލިނަމަވެސް އެކަން އޮތީ އެގޮތަށްކަމުގައި އުމަރު ވިދާޅުވިއެވެ. ދެޕާޓީގެވެސް ލީޑަރުންނަށް ތިބި ދެމީހުންނަކީ އެއްފަހަރު ރައްޔިތުން ފުރުސަތު ދީ ފެއިލްވެފައިވާ ދެބޭފުޅުންނަށްވާއިރު، ޕާޓީން އަތްދޫކޮށްލަން ބޭނުން ނުވަނީ އެހެންބަޔަކަށް އެފުރުސަތު ފަހިވެދާނެތީކަމަށް އުމަރު ވިދާޅުވިއެވެ.
"ރިޔާސީ ނިޒާމުގައި ބަަލާނީ މީހާއަށް، މީހާގެ ތެދުވެރިކަމާއި، ގާބިލްކަމާއި ހަރުދަނާކަން. 2018 ގައި އަޅުގަނޑު ފަހަތަށްޖެހުނީ ވަރަށްގިނަ ބަޔަކު ޖަލަށްލެވި ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން. އެކަހަލަ ވަގުތެއްގައި އެދޭތެރެއަށް ވަނުމަށްވުރެ ނުވަނުން އެންމެ ރަނގަޅުވާނީ، 2023 ގައި ފަހަތަށް ޖެހެންޖެހޭ ސަބަބެއް ނެތް. ސިޔާސީ ހަޔާތް ނިންމާނީ އެހިސާބުން." އުމަރު ވިދާޅުވިއެވެ.
ސިޔާސީ މަސައްކަތަކީވެސް ކޮންމެވެސް ހިސާބަކުން ނިމުމެއް އަންނަންޖެހޭ މަސައްކަތަކަށްވާއިރު، އުމަރު ވިދާޅުވީ އޭނާގެ ސިޔާސީ މަސައްކަތުގެ ނިމުން އަންނާނީ 2023 ގެ ރިޔާސީ އިންތިޚާބާއި ހަމައައިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު