ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް ޖެންޑާ ކޮމިޓީން އެޗްއާރުސީއެމްގެ މެމްބަރުގެ މަޤާމުން މޫސާ އަލީކިލޭގެފާނު މަޤާމުން ވަކިކުރަން ނިންމާފައިވަނިކޮށް އޭނާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.



މަޤާމުން އިސްތިއުފާ ދެއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއަށް ފޮނުވި ސިޓީގައި ވިދާޅުވީ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ މަޤާމުގެ މަސްއޫލިއްޔަތު މިނިވަންކަމާއި، މުސްތަޤިއްލުކަމާއިއެކު އަދާކުރެވޭނެ މާހައުލެއް މިވަގުތު ނެތްކަމަށް ޤަބޫލުކުރެވޭތީ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަމަށެވެ.

އެޗްއާރުސީއެމްގެ މެމްބަރު މޫސާ އަލީގެ ކަލޭގެފާނުގެ މައްޗަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ކޮރަޕްޝަން ތުހުމަތަކެއް ވަނީ ކޮށްފައެވެ. ކޮމިޓީ މަރުހަލާގައި މިމައްސަލަ ކުރިއަށްދިޔައިރު މެމްބަރުންވަނީ މޫސާ އަލީގެ ކަލޭގެފާނުގެ މައްޗަށް ކޮރަޕްޝަން ތުތުމަތުތަކެއް ކުރެވޭއިރު އޭނާ މިނިވަން މުއްސަތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަމުގެ މަޤާމުގައި ހުރުމަކީ އެ ކޮމިޝަނެއްގެ މުސްތަގިއްލުކަމާއި، ނަޒާހާތްތެރިކަން ގެއްލޭނެކަމެއްކަމަށް ވިދާޅުވެފައެވެ.

މޫސާ ޢަލީ ކަލޭގެފާނު އެޗްއާރުސީއެމްގެ މެންބަރެއްގެ ގޮތުގައި އައްޔަން ކުރައްވާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި، 2015 ވަނަ އަހަރުއެވެ. އޭނާގެ މައްޗަށް ކުރެވޭ 24 މިލިޔަން ރުފިޔާގެ ތުހުމަތަކީ 2007 އިން 2010އަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލްގެ މަޤާމުގައި ހުންނެވި ދުވަސްވަރު ކުރެވުނު ތުހުމަތެކެވެ.

އެޗްއާރުސީއެމްގެ މެމްބަރުން މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސާތަކުގެ ކޮމެޓީން ފެށުމުން ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި މެމްބަރު އައިޝަތު އަފްރީން ވަނީ މެމްބަރުކަމުން އިސްތިއުފާދެއްވާފައެވެ. އަދި މިއަދު ކޮމިޝަނުގެ މެންބަރު މޫސާ ޢަލީ ކަލޭފާނު މިވަނީ އިސްތިއުފާ ދެއްވާފައެވެ. 3 މެމްބަރުން އިސްތިއުފާދެއްވުމުން ކޮމިޝަންގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޒާހިދުގެ ިއތުރުން ނައިވީން އަބްދުﷲ އެވެ. އޭނާ ހުންނެވީ މިވަގުތު މެޓާނިޓީ ލީވްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން