އާސަންދަ ޚިދުމަތުން ފޯނަށް ފޮނުވާ އޯޓީޕީ ނަމްބަރު ދިނުމުން ނޫނީ ބޭސްފިހާރަތަކުން އާސަންދައިން ބޭސް ނުނެގޭގޮތް ހަދައިފިއެވެ.
އާސަންދައިން ބުނީ މި ޚިދުމަތް މާލޭގެ ބައެއް ބޭސްފިހާރަތަކަށް މިހާރު ތަޢާރަފު ކޮށްފައިވާ ކަމަށެވެ. އެގޮތުން ބޭސް ނަގަން ދާ މީހާގެ އައިޑީކާޑު ނަމްބަރާއި ފޯނު ނަމްބަރުގެ ތަފްސީލު ހޯދައި، ފޯނަށް އަންނަ އޯޓީޕީ ނަމްބަރު ދިނުމުން ނޫނީ ޓްރާންސެކްޝަން ފުރިހަމަ ނުވާ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
މިގޮތަށް ހަމަޖެއްސީ ބައެއް ކަސްޓަމަރުންނަށް ނޭނގި އެމީހުންގެ އާސަންދަ ބޭނުންކޮށްގެން ފާމަސީތަކުން ޚިދުމަތް ހޯދާކަމުގެ ޝަކުވާ ލިބެމުންދާތީކަމަށް އާސަންދައިން މަޢުލޫމާތުދެއެވެ. އަދި މި ޚިދުމަތް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ބޭސްފިހާރައަކަށް ތަޢާރަފްކުރުމަށް އާސަންދައިން ވަނީ ނިންމާފައެވެ.
އާސަންދަ އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ސިއްހީ އިންޝުއަރެންސަށް ކަނޑައަޅާފައިވާ ޤައުމީ ނިޒާމެވެ. ރާއްޖޭގައި 400 އަށްވުރެ ގިނަ ފާމަސީއަށް ވަނީ އާސަންދައިގެ ހުއްދަދީފަ އެވެ.
އާސަންދައިން ބުނީ އީ-ފާސް މެދުވެރިކޮށް ދިވެހި ހުރިހާ ރައްޔިތުންނަށް އާސަންދަ ޕޯޓަލްއަށް ވަދެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު