ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙު ސްކޯލަރޝިޕްގެ ލިޔުން ދަރިވަރަކަށް ހަވާލު ކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙު ސްކޯލަރޝިޕްގެ ލިޔުން ދަރިވަރަކަށް ހަވާލު ކުރައްވަނީ
މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 7 ދަރިވަރަކަށް ރައީސުލް ޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް މިއަދު ހަވާލުކޮށްދެއްވައިފިއެވެ.

މި ސްކޮލަރޝިޕްތައް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ޙަވަލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މިއަހަރު މި އެވޯޑް ޙާސިލްކޮށްފައިވަނީ މިދިޔަ އަހަރު ސެންޓަރ ފޮރ ހަޔަރ އެޑިއުކެޝަން ސެންޓަރ (ސީއެޗްއެސްސީ)އިން މަތީ ޘާނަވީ ހާސިލް ކުރި 5 ދަރިވަރަކާއި އަލްމަދަރުޞަތުލް ޢަރަބިއްޔަތުލްއިސްލާމިއްޔާއިން ޝަހާދާ ސާނަވިއްޔާ ނިންމި 2 ދަރިވަރަކެވެ.

ސްކޮލަރޝިޕް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ މިއަހަރަކީ ޝަހާދަ ސާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެތެރެއިން އެއް ދަރިވަރަށްވުރެ ގިނަ ދަރިވަރުންނަށް މި ސްކޮލަރޝިޕް ލިބޭ ފުރަތަމަ ފަހަރުކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞަދަށް ގެއްލުންތަކެއް ވެފައި ވީނަމަވެސް ދަރިވަރުންނަށް ކިޔަވައިދިނުމުގެ ފުރުޞަތުތައް ހޯދައިދެމުންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރަ ވަނީ މިލިބޭ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި ޤައުމު ބިނާކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވުމަށް އިލްތިމާސްކުރައްވާފައެވެ.

މިދިޔަ އަހަރު މަތީ ސާނަވީ އިމްތިޙާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސާދޭގޮތަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން