ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ މިއަދު މެންދުރުފަހު މާލެއިން ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑޭނީ މާލޭގެ ހެންވޭރާއި މައްޗަންގޮޅިއާއި މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަމަށެވެ.
އެގޮތުން ހެންވޭރުގެ ބޮޑުފުންގަނޑުމަގާއި، ހިތިގަސްމަގު، މޫންލައިޓް ހިނގުން، ބުރެވިމަގު، ވައިޖެހޭ މަގު، ހީނާގޯޅި، ލަންސިމޫ ގޯޅި، ދުބުގަސް މަގު އަދި މަޖީދީ މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 13:30 އިން 14:45 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
އަދި މާފަންނާއި، މައްޗަންގޮޅީގެ ކެނެރީ މަގާއި، ސައްޔިދުކިލެގެފާނު މަގު އަދި ބުލްބުލްގޯޅި ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.
ސްޓެލްކޯއިން ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެކަމަށެވެ.
ހަމައެއާއެކު ކަރަންޓުގެ ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު