ރާއްޖޭގައި އެންމެ ގިނަ ބަޔަކު ފައިސާގެ މުއާމަލާތްތައް ކުރަން ބޭނުންކުރަނީ ކާޑު ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ޕޭމެންޓު ބުލެޓިންގައި ފާހަގަކޮށްފައިވަނީ ރާއްޖޭގައި ހިންގާ ބޭންކުތަކުން ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކާޑުތަކުގެ އަދަދު 1.2 މިލިއަނަށް އަރާ ކަމަށެވެ. އޭގެތެރެއިން ތެރެއިން 64 އިންސައްތަ އަކީ ޑެބިޓް ކާޑެވެ.

އެމްއެމްއޭއިން ބުނީ 2022ގެ ނިޔަލަށް ކާޑު ބޭނުންކޮށްގެން 45.7 މިލިއަން މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އެއީ ޖުމްލަ 17.9 ބިލިއަން ރުފިޔާގެ މުއާމަލާތެވެ. މިއީ 2019 ވަނަ އަހަރުން ފެށިގެން ބަލާ ނަމަ ފައިސާގެ އަދަދު 62 އިންސައްތަ އިތުރު އަދަދެެކެވެ. އެގޮތުން ކާޑު މުއާމަލާތުގެ 68 އިންސައްތަ ކޮށްފައިވަނީ ޕީއޯއެސް މެދުވެރިކޮށެވެ.

ރާއްޖޭގައި އެންމެ ގިނަ ބަޔަކު މާލީ މުއާމަލާތް ކުރަން ބޭނުންކުރަނީ ޑެބިޓު ކާޑެވެ. އެގޮތުން 2022 ގެ ނިޔަލަށް ބޭންކުތަކުން ވަނީ 750000 ޑެބިޓް ކާޑު ދޫކޮށްފައެވެ. ޑެބިޓު ކާޑު ބޭނުންކޮށްގެން 43.5 މިލިއަން މުއާމަލާތް ކޮށްފައިވާއިރު އެއީ 16.8 ބިލިއަން ރުފިޔާގެ މުއާމަލާތް ކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ.

އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ 2019 އިން 2022އަށް ރާއްޖޭގެ އިޤްތިޞާދު ދައުރުވާ ނަގުދު ފައިސާގެ މިންވަރު 4 އިންސައްތަ އިތުރުވެ، 3.7 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން