ތިލަފުށި ކައިރިއަށް ބަންޑުންޖަހާލި ދޯނި
ތިލަފުށި ކައިރިއަށް ބަންޑުންޖަހާލި ދޯނި
ތިން މީހުންނާއެކު މާލެއިން ފުރައިގެން ތިލަފުއްޓަށް ދަތުރު ކުރަމުންދިޔަ ދޯންޏެއް ތިލަފުށި ކައިރިއަށް ބަންޑުން ޖަހާލައިފި އެވެ.

ބަންޑުން ޖަހާލާފައި ވަނީ، "ސެކުއާ ބޭގް" ނަމަކަށްކިޔާ ދޯންޏެކެެވެ. މިހާރު އެ ސަރަހައްދަށް އެމްއެންޑީއެފްގެ ކޯސްޓްގާޑު ދަނީ ދަތުރު ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނީ، ތިލަފުށި ކައިރިއަށް މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލާފައިވާ ކަމަށެވެ. އަދި އެ ދޯނި ބަންޑުން ޖަހާލީ ކަނޑު ގަދަވެގެން ދޯނި އެއް ފަރާތަކަށް އަރި އަޅާލައިގެން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ. އެ ދޯނީގައި ތިބީ ތިން މީހުން ކަމަށާއި، އެ މީހުން އެހެން ދޯންޏަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެހެންވެ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން