އަހްމަދު ފަޒީލުގެ
އަހްމަދު ފަޒީލުގެ
ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް އަހްމަދު ފަޒީލުގެ މައްޗަށް ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުމާއެކު، އޭނާ ނިސްބަތްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މައްސަލަ ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ފަޒީލްއަށް ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ވަނީކޮށްފައެވެ. އެގޮތުން އޭނާ އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕްކޮށްފައިވާ ކަމަށާއި އަދި، އެކުއްޖާ ބަލިވެ އިންކަމަށް ވެސް ސޯޝަލް މީޑިޔާގައި ތުހުމަތު ކޮށްފައިވެއެވެ.

އޭގެ އިތުރުން 18 އަހަރު ނުފުރޭ ކުދިންނަށް ބަދުއަހުލާގީ ފޮޓޯ ފޮނުވުމާއި، ޖިންސީ ފުރައްސާރައާއި ގޯނާގެ އިތުރު ތުހުމަތުތަކެއް ވެސް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ. އެ މައްސަލަތަކާ ގުޅިގެން އެމްއާރްއެމް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ޕާޓީގެ މަގާމެއްގައި ހުރި މީހަކާމެދު ޖިންސީ ފުރައްސާރައާއި އަނިޔާގެ ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ކުރެވެމުންދާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މައްސަލަ ބަލާ ނިމެންދެން ޕާޓީ ގެ ހަރަކާތްތަކުން އޭނާ އެކަހެރިކުރެވިފައިވާ ކަމަށް ވެސް އެމްއާރްއެމުން ބުނެފައި ވެއެވެ. އަދި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ ފަރާތްތަކާއެކު އެމްއާރްއެމުން ފުރިހަމައަށް މަސައްކަތް ކުރަމުން އަންނަ ކަަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ.

"ޖިންސީ ފުރައްސާރައާއި އަނިޔާ ފަދަ ކުށްތަކަކީ މި ޕާޓީއިން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫނެވެ." އެމްއާރްއެމުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން