ފްރަންޓްލައިންގައި މަސައްކަތް ކުރާ ބަޔަކު މަސައްކަތުގައި ހަރަކާތްތެރިވަނީ
ފްރަންޓްލައިންގައި މަސައްކަތް ކުރާ ބަޔަކު މަސައްކަތުގައި ހަރަކާތްތެރިވަނީ
ރާއްޖެއިން މިއަދު އިތުރު 36 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ 8 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 29 ދިވެހިންނާއި ބަންގްލަދޭޝްގެ 05 މީހަކާއި އިންޑިއާ 02 މީހަކު ކަމަށެވެ. މިއަދު ބަލިޖެހުނު 36 މީހުންނާއެކު މިހާރު ވަނީ ބަލިޖެހުނު މީހުންގެ އަދަދު 2966 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި 8 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2362 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދަނީ 574 މީހުންނެވެ.

އައިސޮލޭޝަންގައި 468 މީހުން ތިބިއިރު އެޗްޕީއޭގެ ކަރަންޓީނު ފެސިލިޓީގައި މިހާރު އެއްވެސް މީހަކު ނެތެވެ. ކޮވިޑް ބަލީގައި ރާއްޖެ އިން 15 މީހުން ވަނީ މަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު