ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ޖުޑިޝަލް ސާވިސް ކޮމިޝަނުން މައްސަލަތައް ބެލުމުގައި އިންސާފުވެރިކަމާއި ހަމަހަމަކަން ނުގެންގުޅޭކަން ހާމަވާ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
އުޝާމް މިހެން ވިދާޅުވީ ކްރިމިނަލް ކޯޓްގެ ގާޒީ އިސްމާއީލް ރަޝީދު ސަސްޕެންޑުކުރަން ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާއި ގުޅިގެން އެކަަމަށް އިޝާރަތް ކުރައްވަމުންނެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލް ކުރަން ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ނިންމަވާފައިވަނީ މިދިއަ އަންގާރަ ދުވަހެވެ.
އެ ނިންމެވުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ބެލުމަށް ޖޭއެސްސީއަށް ހުށަހަޅުއްވައިފަ އެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޒީ އިސްމާއީލް ރަޝީދު 60 ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ނިންމީ، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެއްކަށް ރިއާއަތްކޮށް، މަގާމުގައި ދެމިހުރެއްޖެނަމަ ތަހުގީގަށް ހުރަސް އެޅިދާނެކަމަށް ފެންނާތީ ކަމަށެވެ.
އުޝާމް ވިދާޅުވީ ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލަ އަދި ފަނޑިޔާރު ޝުޖާއު އުސްމާނުގެ ސުލޫކީ މައްސަލަތައް ބެލުމުގައި އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ޖޭއެސްސީއިން ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި އިންސާފުވެރިކަމާ ހަމަހަމަކަން އެއްވެސް މިންވަރަކަށް ނުގެންގުޅޭކަން ވަރަށް ސާފު ކަމަށެވެ.
ހައިކޯޓްގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ސުލޫކީ މައްސަލައެއްވެސް ޖޭއެސްސީން ބަލަމުންދާއިރު އޭނާ އާއި މެދު މިހާތަނަށް ޖޭއެސްސީ އިން ފިޔަވަޅެއް ނާޅައެވެ. ޝުޖާއު އުސްމާނަކީ ސިޔާސީ ބޮޑެތި މައްސަލަތައް ދަށުކޯޓާއި ހައިކޯޓްގައި ވެސް ބައްލަވައި ހުކުމް ކުރައްވާފައިވާ ފަނޑިޔާރެއް ކަން ފާހަގަކޮށްލެވެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ ބެންޗްގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ. މި ސަރުކާރު އައިފަހުން ޖޭއެސްސީގެ މެންބަރުން ބަދަލުވުމާއި ގުޅިގެން ވަރަށް ގިނަ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާ ގިނަ ފަނޑިޔާރުންތަކެއް ވަނީ މަޖިލިސް މެދުވެރިކޮށް މަގާމުން ވަކިކޮށްފައިވެއެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓްގެ ހުރިހާ ފަނޑިޔާރުންނާއި ކްރިމިނަލް ކޯޓުގެ ބައެއް ފަނޑިޔާރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު