ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ރާއްޖެ ވަށައި ދަމާފައިވަނީ އަޅުވެތިކަމުގެ ދަގަނޑު ދަލެއް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރާއްޖެ ވަށައި ޖަހައިގެން ތިބީ "ފަންފުޅަފެއް" ކަމަށް ވިދާޅުވެ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވައި ރައްޔިތުންނަށް މިސަރުކާރުން ދައްކަމުންދަނީ ކެހިވެރިކަމުގެ ދަޅަކަމަށެވެ. ރައްޔިތުންގެ ލޮލާއި އަނގައިގައި މާސްކް އެޅުވުމަށްފަހު ރައްޔިތުންނަށް މިސަރުކާރުން ކުރަމުންދާ އަނިޔާތަކަކީ ރައްޔިތުންނަށް ނުހަނު ހިތްދަތިކަން ލިބެމުންދާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ރާއްޖެ ވަށާ ދަމާލީ އަޅުވެތިކަމުގެ ދަގަނޑުދަލެއް. ރައްޔިތުންގެ ލޮލުގައި އެޅުވީ ކެހިވެރިކަމާއި މަކަރުވެރިކަމުގެ އަދުނެއް. އަގަޔާއި ނޭފަތާއިއެކު އެޅުވޭތޯ ބަލަނީ އަނިޔާވެރިކަމާއި، ބިރުވެރިކަމުގެ މާސްކެއް." އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމްޑީޕީން ނެރެމުން އަންނަ "ހަބަރު ސިޓީ" ގައި ޝާހިދު ވިދާޅުވީ 2013 ވަނަ އަހަރު ރާއްޖޭގައި އުފެދުނު ސަރުކާރުން ބޭރު ގައުމުތަކާ އެކު ރާއްޖެ ބާއްވަމުން އައި ހަރުދަނާ ގުޅުމަށް ބުރޫ އަރާ ފަދަ ސިޔާސަތުތަކެއް ގެންގުޅެން ފެށި ކަމަށެވެ. ދޭދޭ ގައުމުތަކާއެކު ބާއްވާ ގުޅުންތަކަށް، އަބަދުވެސް އެއް ގައުމު އަނެއް ގައުމާ ޖައްސައި، ފިތުނަކޮށް ދެބައޮޑުވައިގެން ކުރިއެރުން ލިބޭނެކަމުގެ އުއްމީދުގައި އެފަދަ ސިޔާސަތުތަކެއް ގެންގުޅުނު ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
އަބްދުއްރަހީމް ވަނީ ރައީސް ޞާލުގެ ސަރުކާރުން ރައީސް އަބްދުﷲ ޔާމީނަށް ނުހައްގުން އަނިޔާކުރާ ކަމަށް ވިދާޅުވެ ރައީސް ޔާމިން ދޫކޮށްލުމަށްވެސް ގޮވާލައްވާފައެވެ. އަދި މިހާރުން މިހާރަށް ރައީސް ޔާމީނަށް އަނިޔާކުރުން ހުއްޓާލުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ. ރައީސް ޔާމީނަކީ ކުށްވެރިއެއްނޫންކަމަށާއި، އެމަނިކުފާނުގެ އެއްވެސް ކުށެއްނެތްކަން މިހާރުވެސް ދިވެހި ހުރިހާ ރައްޔިތުންނަށް ހާމަވެފައިވާކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
"ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގެންދަނީ ގަސްތުގައި ރާވައިގެން ނުހައްގުން ރައީސް ޔާމީނަށް އަނިޔާކުރަމުން. ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާ މިހާރުން މިހާރަށް ހުއްޓާލާ އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލާން." އަބްދުއްރަހީމް ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔަމީން ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި މި މައްސަލާގައި 5 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު