ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައިވާ އަޙުމަދު ފަޒީލް
ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައިވާ އަޙުމަދު ފަޒީލް
ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ އަޙުމަދު ފަޒީލް މަޤާމުުން ސަސްޕެންޑްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަންސްގެ މަޤާމުގައި ހުންނެވި އަޙުމަދު ފަޒީލަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުޙުމަތުތަކާ ގުޅިގެން އޭނާ މަޤާމުން ސަސްޕެންޑްކޮށްފައިވާކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުޤީޤް މިހާރު ކުރިއަށްދާކަމަށެވެ.

ސޯޝަލް މީޑިއާގައި ފަޒީލްއަށް ބޮޑެތި ތުހުމަތުތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން އޭނާ އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕްކޮށްފައިވާއިރު އެކުއްޖާ ބަލިވެ އިންކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ. އޭގެ އިތުރުން 18 އަހަރު ނުފުރޭ ކުދިންނަށް ބަދުއަހުލާގީ ފޮޓޯ ފޮނުވުމާއި، ޖިންސީ ފުރައްސާރައާއި ގޯނާގެ އިތުރު ތުހުމަތުތަކެއް ވެސް ވަނީ ކުރެވިފައެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ފަޒީލް މަޤާމުން ސަސްޕެންޑްކޮށްފައިވާއިރު، އެމައްސަލަ ބަލައި ނިމެންދެން އޭނާ މަސައްކަތުން އެކަހެރިކޮށްދިނުމަށް އޭނާ ނިސްބަތްވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް، އެމްއާރުއެމުންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ.

"މި ޕާޓީގެ މަޤާމެއްގައި ހުރި މީހަކާއިމެދު ޖިންސީ ފުރައްސާރައާއި އަނިޔާގެ ތުޙުމަތުތަކެއް ސޯޝަލް މީޑިއާގައި ކުރެވެމުންދާތީ އެ މައްސަލަ މި ޕާޓީއިން މިހާރު މި ދަނީ ބަލަމުންނެވެ. މައްސަލަ ބަލާ ނިމެންދެން ޕާޓީ ގެ ހަރަކާތް ތަކުން އޭނާ ވަނީ އެކަހެރި ކުރެވިފައެވެ. ޖިންސީ ފުރައްސާރައާއި އަނިޔާ ފަދަ ކުށްތަކަކީ މި ޕާޓީއިން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫނެވެ." އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން