އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް
މިދިޔަ ސެޕްޓެމްބަރުމަސް ނިމުނުއިރު ދަޢުލަތުގެ ޔޫޒަބަލް ރިޒަރވްގައި ހުރީ 126 މިލިއަން ޑޮލަރުކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުން ދައްކައިފި އެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުނުއިރު ދަޢުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 592.7 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވްގެ ގޮތުގައި ސެޕްޓެމްބަރު މަސް ނިމުނުއިރު ހުރީ 126 މިލިއަން ޑޮލަރެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 35 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރމަހު ޔޫޒަބަލް ރިޒާވް ހުރީ 193 މިލިއަން ޑޮލަރެވެ.

ދަޢުލަތުގެ މާލީ ވުޒާރާއިން އެކުލަވާލި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން މިދިޔަ 2022 ވަނަ އަހަރު ނިމުނުއިރު ދަޢުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 832.1 މިލިއަން ޑޮލަރެވެ. އަދި މިއަހަރުގެ ނިޔަލަށް ރަސްމީ ރިޒާވްގައި 618.4 މިލިއަން ޑޮލަރު ހުންނާނެކަމަށް މާލީ ވުޒާރާއިން އަންދާޒާ ކުރެއެވެ.

ޔޫޒަބަލް ރިޒާވަކީ ރަސްމީ ރިޒާވުން ކުރު މުއްދަތުގައި އަދާކުރަންހުރި ބޭރު ފައިސާގެ ލަޔަބިލިޓީތައް އުނިކުރުމުން ބާކީ އޮންނަ ޢަދަދެވެ. ޔޫޒަބަލް ރިޒަރވް އެންމެ ދަށް ޙާލަތަކަށް ވެއްޓިފައިވަނީ ރައީސް ޔާމީންގެ ދައުރުގެ ތެރޭގައެވެ. އެގޮތުން މޭ 2017 ގެ ތެރޭގައި ޔޫޒަބަލް ރިޒަރވް 52 މިލިއަން ޑޮލަރަށް ވެއްޓިގެން ދިޔައެވެ. މިއީ ރާއްޖެއަށް ބޭނުންވާ ކާޑު ގަންނަން ބޭނުންވާ ފައިސާއަށްވުރެ ދަށް އަދަދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން