ބިދޭސީންނަށް ފަސޭހައިން ރެސިޑެންސް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅުއްވާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަން ގާނޫނަށް ގެންނަ އިސްލާހުތަކާ މެދު ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މަޝްވަރާކޮށް، ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް މިދިޔަ ހަފުތާގައި ކޮމިޓީގެ ރިޕޯޓު ވަނީ ފޮނުވާފައެވެ. އެހެން ނަމަވެސް ނަޝީދު ވަނީ ބިދޭސީންނަށް ފަސޭހަކަމާ އެކުގައި ރެސިޑެންސް ވިސާ ލިބޭނެ ލުއި ގޮތްތަކެއް އިސްލާހުތަކުގެ ތެރޭގައި ހިމަނައި ދިނުމަށް އެދިވަޑައިގެން އެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލައިފައެވެ.
ްރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި ރާއްޖޭގައި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓެއް ކުރާ ބިދޭސީންނަށް ރެސިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނު ބަދަލު ގެނައުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އެ އިސްލާހަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާަޒުވެފައި ވަނިކޮށް ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނު ކޮމިޓީއަކަށް އެއްވެސް އިސްލާހެއް ހުށަހަޅުއްވާފައި ނުވާނެ ކަމަށެވެ. އަދި އެއީ ރައްޔިތުންނަށާއި މެމްބަރުންނަށް އޮޅިފައި އޮތް މައުލޫމާތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އުސޫލު އޮންނަ ގޮތުން އަޅުގަނޑަކަަށް ކޮމިޓީތަކަށް އިސްލާހެއް ހުށަނޭޅޭ. އަޅުގަނޑު ކޮމިޓީއަކަށް އިސްލާހެއް ހުށަނާޅަން. އަޅުގަނޑު ކޮމިޓީ އަށް އިސްލާހު ހުށަހެޅި ކަމަށް ވިދާޅުވީ، އަޅުގަނޑު ހިތުން ކޮމިޓީގެ މުގައްރިރު އެގޮތަށް މައުލޫމާތު ދެއްވީ." ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފަށް ނިސްބަތް ކުރައްވައި ނަޝީދު ވިދާޅުވިއެވެ.
"އީދާރީ މޭޒުން ވެސް، ތިޔަބޭފުޅުން އެހެން ގޮތް ގޮތުން ބެއްލެވީމަ ވަރަށް ބޮޑަށް ސާފުކޮށް ފެނިވަޑައިގަންނަވާ ނަމަ، އަޅުގަނޑު ހުށަހަޅާފައި އޮތް އިސްލާހެއް ނުވާނެ."އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ނަޝީދު ވިދާޅުވީ ކޮމިޓީ އަށް ހުށަހެޅިފައި އޮތް އިސްލާހުގައި އަދަދެއްވާ ކަމަށް ބުނާ އިރު، އެއީ "ކޮންމެވެސް ތަނަކުން ނުކުމެފައިވާ" އަދަދެއް ކަމަށެވެ.
"މިތަނުގެ ތަޅުމުގައި ވާހަކަ ދައްކަމުން ދިޔައިރުގައި ބައެއް މެމްބަރުން ފާހަގަ ކުރެއްވި އެއް ލައްކަ ޑޮލަރު، އަނެއް ބައި މެމްބަރުން ފަސް ލައްކަ ޑޮލަރު. ތަފާތު ޑޮލަރު މެމްބަރުން ފާހަގަ ކުރެއްވި. އެއް ލައްކަ ޑޮލަރާއި އެއް މިލިއަން ޑޮލަރުގެ އަދަދުތައް." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މަޖިލިސް ނިޒާމް ހިނގާ ގޮތުން ބިލެއްގެ އިބްތިދާއީ ބަހުސްގައި ދެކެވޭ ވާހަކަތައް ކޮމިޓީއަށް ފޮނުވޭނެ ކަމަށާއި ކޮމިޓީން ނިންމައިފި ނަމަ އާންމުންގެ ހިޔާލު ހޯދުމަށް ވެސް ހުޅުވާލެވޭނެ ކަމަށެވެ.
އަދި ބިލު ނިންމާ އެ ބިލު ތަޅުމުގައި ބަހުސް ކުރުމަށް ހުށަހަޅާ ދިނުމަށް ރިޔާސަތަށް ފޮނުވާއިރު، ބަހުސްގައި ދެކެވުނު ވާހަކަތައް ކޮމިޓީގެ މަޝްވަރާގައި ހިމަނާފައިވޭތޯ ބެލުމަކީ ރިޔާސަތުން ކުރަން ޖެހޭ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު