ފުރަބަންދާ ގުޅިގެން ކަރަންޓީން ފެސިލިޓީއެއްގައި ބަހައްޓާފައިވަނިކޮށް ފިލާފައިވާތީ، ބަންގްލަދޭޝްގެ ރައްޔިތަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ މިމީހާ ފިލައިގެން އުޅޭ މައްސަލަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފުލުހުންނަށް ހުށަހަޅާފައިވާތީ އޭނާ ހޯދަމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަހާދުރު، ކުމިލަ، ބަނގުލަދޭޝް، ޕާސްޕޯޓު ނަންބަރު: BP0762231 އެވެ. މިމީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިފައެވެ.

ކޯވިޑް19އާއި ގުޅިގެން ކަރަންޓީން ފެސިލިޓީސްތަކަށާއި، ހޯމްކަރަންޓީންގައި ތިބުމަށް އަންގާ ބައެއް ބިދޭސީން ފިލައިގެން އުޅޭމައްސަލާގައި މީގެކުރިންވެސް އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން