ފަލަޞްތީނުގެ ރައްޔިތުންނަށްވުރެ ބޮޑަށް އިންސާނީ ޙައްޤުތަކުން މަޙުރޫމް ކުރެވިފައިވާ ބަޔަކުނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ޞާލިޙް ވިދާޅުވީ ފަލަސްތީނުގެ އަޚުންނާއި އުޚްތުން މިއަދު ތަޙައްމަލް ކުރަމުންދަނީ ނުރައްކާތެރި ލާއިންސާނީ ޢުދުވާންތަކެއް ކަމަށެވެ.

އެގޮތުން ފަލަސްޠީނުގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަނެ، ޒަޔަނިސްޓުންގެ އިސްތިޢުމާރީ އަޅުވެތިކަމުގައި ފަލަސްޠީނުގެ ރައްޔިތުން ކަސްތޮޅު އަޅުވާފައި ތިބޭތާ 75 އަހަރު ވެފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން މިއަދު ތަޙައްމަލު ކުރަމުން ދަނީ، މިޒަމާނުގެ އިންސާނީ ތާރީޚު ނުދެކޭހާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކެއްކަމަށެވެ. ނަމަވެސް ބައިނަލްއަޤުވާމީ މުޖުތަމަޢަށް އެމަންޒަރު ނުފެންނަކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.

“ބައިނަލްއަޤުވާމީ މުޖްތަމަޢުގެ ހުރިހާ ކަންކޮޅެއްގައި، ޒަމާނީ ޑިމޮކްރެސީ އާއި އިންސާނީ ޙައްޤުތަކުގެ އަޑު ގުގުމަމުންދާ މި ޒަމާނުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް ވުރެ ވަކިން ބޮޑަށް، އެ ޙައްޤުތަކުން މަޙުރޫމް ކުރެވި ނިކަމެތި ކުރެވިފައިވާ އެހެން ބަޔަކު އަދުގެ ދުނިޔޭގައި ނެތް.” ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް ޞާލިޙް މިމޭރުމުން ވިދާޅުވެފައިވާއިރު އިސްރާއީލުގެ އިސްތިއުމާރާއި ދެކޮޅަށް ފަލަސްތީނުގެ ހަމާސްއިން ކުރިއަށްގެންދާ "އޮޕަރޭޝަން އަޤްޞާ ފްލަޑް" ގައި އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކަށް އަމާޒުކޮށް ފަސްހާހަށްވުރެގިނަ ޢަދަދަކަށް ރޮކެޓް ހަމަލާވަނީ ދީފައެވެ. މި ޙަމަލާތަކުގައި އިސްރާއީލުގެ 200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިކަމާ ގުޅިގެން އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ އެތައްހާސް ބަޔަކު ވަނީ ޝަހީދުކޮށްލާފައިވެއެވެ.

ހަމާސްއިން އިސްރާއީލަށް މިފަހަރު ދިން ހަމަލާއަކީ މިހާތަނަށް ހަމާސްއިން އިސްރާއީލާއި ދެކޮޅަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ. ޔަހޫދީންގެ ބަންދަކާއި ދިމާކޮށް ދިން ހަމަލާއާ ގުޅޭ ޖާސޫސީ އެއްވެސް މައުލޫމާތެއް އިސްރާއީލަށް ލިބިފައިނުވާތީ ދުނިޔޭގެ ގިނަ ބަޔަކަށް ވަނީ ބޮޑު ޙައިރާންކަމެއް ލިބިފައެވެ.

ނަމަވެސް އެޙަމަލާގެ ބަދަލު ހިފުމަށް އިސްރާއީލުން މިހާރު ގެންދަނީ ފަލަސްތީނުގެ ބިމުން އެޤައުމުގެ ރައްޔިތުން ނެރެ ބޭރުކުރުމަށް ބޮޑު ޤަތުލުޢާއްމެއް ހިންގަމުންނެވެ. ނަމަވެސް މިކަމަށް ދުނިޔޭގެ ބާރުގަދަ ޤައުމުތަކުންނާއި ޢަރަބި ދުނިޔޭގެ އިސްލާމީ ޤައުމުތަކުން މާބޮޑު ސަމާލުކަމެއް ދެމުންގެންދާ ތަނެއް ނުފެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން