ނޮވެމްބަރު ތިނަކީ ރާއްޖޭގެ ތާރީޚުގައިވެސް ކުރިމަތިވި އެންމެ ބިރުވެރި ދުވަސް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވަމުން ރައީސް މައުމޫން މިއަދު ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހިޤައުމަށް ލިބުނު މަތިވެރި ނަޞްރަށްޓަކައި ދިވެހިރައްޔިތުން މާތް ކަލާނގެއަށް އަބަދާއަބަދު ޙަމްދާއި ޝުކުރު ކުރުންމަތީ ދެމިތިބެންޖެހޭ ކަމަށެވެ.

ރައީސް މައުމޫން މިއަދު ވިދާޅުވީ ނޮވެމްބަރު 3 ގައި ހިނގައިދިޔަ ކަންތައްތަކާއި އެކަންކަން ހިންގުމަށް ދިވެހި ބާޣީންނާއި ބޭރުގެ ދުޝްމަނުން ރޭވި ރޭވުންތަކަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.

“އެއީ ރާއްޖޭގެ މުޅިތާރީޚުގައިވެސް ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ދުވަސްކަމުގައި ޤަބޫލު ކުރަންޖެހޭ.” ރައީސް މައުމޫން މިއަދު ވިދާޅުވިއެވެ.



1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިނެއްވީ ބުރާސްފަތި ދުވަހަކީ ދިވެހި ޚާއިނުންގެ މަދު ބަޔަކު ލަންކާ ތަމަޅައިންގެ ކުލީ ސިފައިންގެ ބަޔަކާ ގުޅިގެން މި ދިވެހިރާއްޖެއަށް ޙަމަލާދީ ހިތްވަރުގަދަ ދިވެހި ސިފައިންގެ 8 ބޭކަލުންނާއި އެއްވެސް ކުށެއް ނެތް ދިވެހި ރައްޔިތުންގެ ތެރެއިން 11 ޢާންމުންނާއެކު ޖުމްލަ 19 ދިވެހިން ޝަހީދުކޮށް އެ ޝަހީދުންގެ ލެއިން މިދިވެހި ފަސްގަނޑު ރަތްކޮއްލި ނުރައްކާތެރި ދުވަހެވެ.

ސްރީލަންކާގެ ޕްލޯޓް ޖަމާޢަތުގެ 80 ވަރަކަށް ހަނގުރާމަވެރިންނާއި އެކު ނޮވެމްބަރ 3 ގެ ހަމަލާގައި ޢަމަލީ ގޮތުން ބައިވެރިވި ދެ ދިވެހިންނަކީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި ސ. ހިތަދޫ ޕެރިސް ހޮލިޑޭ ސަގަރު އަޙްމަދު ނާސިރެވެ. މި ދެމީހުންގެ އިތުރުންވެސް ގިނަ ޢަދަދެއްގެ ދިވެހިންނަށް އެޙަމަލާގެ މަޢުލޫމާތު އެނގި ސިއްރު ކޮށްފައިވާތީ ދަޢުލަތުން ވަނީ އަދަބު ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން