އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
މާލޭގައި ކުއްޔަށް ހިފައިގެން އުޅޭ ބިދޭސީންނަށް ރެޒިޑެންސީ ވިސާ ދިނުމުގެ ބޭނުމެއް ނެތް ކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ "ސެކަންޑް ހޯމް" ޕްރޮގްރާމެއް ތައާރަފްކޮށް އެއަށް ރެޒިޑެންސީ ވިސާއެއް ދިނުން ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ދިވެއްސަކާއި ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނަށް ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާއިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދިނުމަށް ވަނީ ހުށަހަޅައިފަ އެވެ. އަދި ރާއްޖޭގައި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީންނަށް ވެސް ރެޒިޑެންސީ ވިސާ ދިނުމަށް އިމިގްރޭޝަން ގާނޫނަށް ހުށައަޅާފައިވާ އާ އިސްލާހުގައި ވެއެވެ.

އެކަމާ ގުޅިގެން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވެވަަޑައިގެން ވާހަކަ ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ދިވެހި ރައްޔިތުކަން އެއްވެސް އެހެން ފަރާތަކަށް ދިނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އެކަމާ ބެހޭ ގޮތުން ވަރަށް ޒަމާންވީ ސިޓިޒަންޝިޕް ގާނޫނެއް މިހާރު ވެސް އޮންނަ ކަން ފައްޔާޒު ފާހަގަކުރެއްވިއެވެ. ސަރުކާރުން އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ ރެޒިޑެންސީ ވިސާގެ ކަންކަމަކީ ސިޓިޒަންޝިޕާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި ރެޒިޑެންސް ވިސާއަކީ ޓޫރިސްޓް ވިސާ ގޮތައް ތަންކޮޅެއް ދިގު މުއްދަތަކަށް ބޭރު މީހުންނަށް ރާއްޖޭގައި ހުރެވޭ ވިސާއެއް ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ބޭރު މީހުންނަށް ކޯޕަރޭޓް ރެޒިޑެންސް ވިސާއެއް ދޫކުރެވޭ ގޮތައް 2015 ވަަނަ އަހަރުން ފެށިގެން އޮންނަ ކަމަށާއި އެ ހުއްދަ ލިބޭނީ އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ބަޔަކަށް ކަމަށެވެ. އެ ވިސާ ލިބޭ ބައެއް ކަނޑައެޅުމުގައި ބަލާ ޝަރުތުތަކުގެ ތެރޭގައި 50 މިލިއަން ޑޮލަަރުގެ އިންވެސްޓްމަންޓެއް ކުރުމާއި އެއް މިލިއަން ޑޮލަރުގެ މަޝްރޫއެއްގައި އިންވެސްޓްކޮށްފައި އޮތުން ހިމެނޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އެ ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށް ވެސް ރާއްޖޭގައި ދިގު މުއްދަތަށް ތިބެވޭ ގޮތަށް ކޯޕަރޭޓް ރެޒިޑެންސް ވިސާ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީން މިހާތަނަށް 27 މީހަކަށް ކޯޕަރޭޓް ރެޒިޑެންސް ވިސާ ދޫކޮށްފައިވާާ ކަމަށް ފަައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހުށަހެޅީ ވަކި މާއްދާއެއް ކޯޕަރޭޓް ރެޒިޑެންސްގެ ދަށުން ގާނޫނަށް ލުމަށްޓަކައި. އެގޮތައް ކޮމިޓީން ފާސްކޮށްފައި ވަނީ. އެއީ އެކަމަށް ގާނޫނީ ބާރު އިތުރު ކުރަން. މިހާރު އަޅުގަނޑުމެންނަށް އެ ބޭނުން އެބަ ފުދޭ." ފައްޔާޒް ވިދާޅުވި އެވެ.

ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ މީހުންނަށް ރެޒިޑެންސް ވިސާ ލިބުމުގެ ޖާގަ މިހާރު ވެސް ގާނޫނުން ލިބިދޭ ކަމަށާއި ނަމަވެސް އެކަން އޮންނަ ގޮތުން ބޮޑެތި ތަކުލީފުތަކާ އެ މީހުންނަށް ކުރިމަތިލާން ޖެހޭ ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ. މާލޭގައި ކުއްޔަށް ހިފައިގެން އުޅޭ މީހުންނަށް ރެޒިޑަންސީ ވިސާ ދިނުމުގެ ބޭނުމެއް ނެތް ކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ "ސެކަންޑް ހޯމް" ޕްރޮގްރާމެއް ތައާރަފްކޮށް އެއަށް ރެޒިޑެންސީ ވިސާއެއް ދިނުން ކަމަށެވެ. އަދި އެކަމަކީ މިހާރުގެ ގާނޫނުން ވެސް ކުރެވެން އޮތް ކަމެއް ކަމަށާއި އެހެން ނަމަވެސް އެކަން ކުރެވޭ އަގުތަކަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އަދަދުތައް ކުޑަ ކުރުމަކީ ރަނގަޅު ކަމެއް. ފަސް ލައްކަ ޑޮލަރުގެ އިންވެސްޓަމްންޓެއް ހެދީމަ ވެސް ރެޒިޑެންސް ވިސާ ލިބޭނެ ފުރުސަަތު ދިނުން. ވަރަށް ބޮޑަށް ރައްޔިތުންނަށް އޮޅޭ ގޮތައް މި އިސްލާހާ ގުޅޭ ގޮތުން ވާހަކަ ދެކެވެނީ. އެއްގޮތަކަށް ވެސް މި އިސްލާހަކީ ސިޓިޒަންޝިޕަކާ ގުޅުން ހުރި ކަމެއް ނޫން." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ޙުސޭން

25-Jul-2020

ޢަމިއްލަ ގައުމުގެ ރައްޔިތުން ބޯހިޔާ ނުކުރެވިގެން އުޅެނިކޮށް މިހާރު މިވީ ބޭރުމީހުން މިތަނުގައި ގެނެސް ވަޒަންވެރި ކުރުވަން, ދެން ކުރިމަތިލާނީ އެމީހުންގެ ޙަައްޤު ހޯދަދޭން, އޭގެތެރޭގައި ފައްޅިއެޅުން އިސްލާމް ދީންމަނާކުރާ ހުރިހާކަމެއް ކުރުމަށް ހުއްދަ ދިނުން, ވަކިޕަސެންޓޭޖެއްގެ ޢައިރު މުސްލިމުން މިތަނުގެ ވަޒަންވެރިންނަށް ވުމަށްފަހު އެއޮތީ އޮޓޮމެޓިކުން ޤައުމު ސެކިއުލަރ ވެފަ. ދިވެހިން ތިޔަތިބީ ނިދާފަ ދެއްތޯ?? ހޭލަންވެއްޖެއެއްނުން??


-1

ކކކކކ

22-Jul-2020

ދިވެހިންނަށް ބޯހިޔާވަހިކަން ދޭން ވިސްނަބަލަ ދަގަނޑު ޖަނގިޔާ!



ޓްރެންޑިން