މޫސުން ގޯސްވާނޭކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ބ.އަތޮޅުން ފެށިގެން ވ.އަތޮޅަށް "ޔެލޯ އެލާޓް" ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ބުނީ، މި ހަފްތާ ބަންދުގައި މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ކަމަށާއި އެހެންކަމުން ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އޭގެ އިތުރުން ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ބާރަށް ގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ވައިޓް އެލާޓްވެސް ނެރެފަ އެވެ. އެ އަތޮޅުތަކަށް އެލާޓް ނެރުނީ ހެނދުނު ނުވައަކުން މެންދުރުފަހު ތިނެއް ޖެހުމާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި މެދުތެރޭގެ އަތޮޅުތަކާއި އުތުރަށް ކަނޑު ގަދަވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އެ ސަރަހައްދުގެ އަތޮޅުތަކަށް ގުގުރުމާއެކު ވާރޭ ވެހޭނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގައި ވައި ގަދަވާނެކަމަށް ވެސް މެޓުން ލަފާކުރެ އެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދު ބާރުމިނިގައި ވައި ޖެހޭނެ ކަމަށް ވެސް މެޓުން ނެރުނު އެލާޓުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ހުދުހުދު

03-Nov-2023

ބ.އަތޮޅުން ވ.އަތޮޅަށް އެލާޓެއް ނުނެރެވޭނެ.އެލާޓު ނެރުމަކީ ބ.އަތޮޅާބެހޭކަމެއްނޫން.



ޓްރެންޑިން