ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
މާލޭގެ އިތުރުން ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ބޮޑެތި މަގުތަކުގައިވެސް ވަނީ ފެންބޮޑުވެފައެވެ. ހާއްސަ ގޮތެއްގައި ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓް ކައިރީ މަގުތައް ވަނީ ވަރަށްބޮޑަށް ފެންބޮޑުވެފައެވެ.
މާލޭގައި ފެންބޮޑުވެ ހިނގާބިނގާވެ އުޅުމަށާއި ވެހިކަލް ދުއްވުމަށް ދަތިވުމާއި ގުޅިގެން ސިފައިން ވަނީ ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ.
މޫސުމާ ބެހޭ އިދާރާއިން ވަނީ ބ އަތޮޅުން ފެށިގެން ވާވު އަތޮޅަށް ޔެލޯ އެލާޓުވެސް ނެރެފައެވެ.
މެޓް އޮފީހުން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ގދ. ތިނަދުއަށް ކަމަށެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ގދ. ކާޑެއްދޫއަށެވެ.
ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި ހޮނިހިރު ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.
މެޓުން ބުނީ މިއަދުގެ ހަވީރު 18:00 އާއި ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދެކުނު ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފައެވެ.
އަދި ދެކުނު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކަށް ކަނޑު މަޑުވާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު