ކޯވިޑް-19 އަށް ޓެސްޓްް ކުރުމަށް ސާމްޕަލް ނަގަނީ
ކޯވިޑް-19 އަށް ޓެސްޓްް ކުރުމަށް ސާމްޕަލް ނަގަނީ
ވިލިމާލެ ކުޑަކުދިންގެ ހިޔާއިން ޕޮޒިޓިވްވެފައިވަނީ އިންޑިއާގެ ކޮޗިންއަށް ބޭސް ފަރުވާއަށް ދަތުރުކުރުމަށް ފަހު އެނބުރި ރާއްޖެއައި ކުއްޖެއް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މިމަހުގެ ހަވަނަ ދުވަހު އިންޑިއާގެ ކޮޗިންއަށް ބޭސް ފަރުވާއަށް ދަތުރުކުރުމަށް ފަހު ޖޫން މަހުގެ 30 ވަނަ ދުވަހު ރާއްޖެ އައި ކުޑަކުދިންގެ ހިޔާގެ ދެ ކުދިންގެ ތެރެއިން ކުއްޖަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

އުމުރުން 12 އަހަރުގެ އެ ކުއްޖާއަކީ އުފެދުމުގައި ވެސް ބަލި ކުއްޖެއް ކަމަށްވާތީއާއި، އޭނާގެ ބަލީގެ ބާވަތުން، އޭނާއަށް ގަވާއިދުން ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. 

އެގޮތުން ރާއްޖެއަށް އެނބުރި އައުމުން އެކުއްޖާ ވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުޑަކުދިންގެ ހިޔާގައި ކަރަންޓީން ކޮށްފައި ކަމަށާއި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހު ލިބުނު ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށް ވެސް ޖެންޑާ މިނިސްޓްރީ އިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން