މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، މަސްތުވާތަކެއްޗާއެކު ހުޅުމާލޭން މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮ ށްފައިވަނީ އުމުރުން41 އަހަރުގެ ދިވެހި ފިރިިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ޖުލައި 19 ވަނަ ދުވަހުގެ 14:56 ހާއިރު ހުޅުމާލެ މަގުމަތިންކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ބަޔަކަށް ޝައްކުވެގެން އޭނާ ހުއްޓުވައި ހަށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ. މި މައްސަލަ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން