ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ސެންޓަރެއް
ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ސެންޓަރެއް
އިންޓަނެޓް ބޭންކިންއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އެދި ބީއެމްއެލްގެ ނަމުގައި އީމެއިލް ފޮނުވަނީ އޮޅުވާލައިގެން ކަމަށާއި އެކަމަށް ސަމާލުވުމަށް އެ ބޭންކުން މިއަދު އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލްގެ ނަމުގައި ފޮނުވަމުންދާ އީމެއިލްގައި ބުނެފައިވަނީ އެއީ މުހިންމު ސެކިއުރިޓީ ޗެކެއް ކަމަށާއި، އިންޓަނެޓް ބޭންކިންގެ މައުލޫމާތު، މެއިލްގައި ހިމަނާފައިވާ ލިންކުގައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.

ނަމަވެސް ބީއެމްއެލްއިން މިއަދު ބުނީ މިއީ "ފިޝިން" އީމެއިލްއެއް ކަމަށެވެ. އަދި އެ ބޭންކުން އިންޓަނެޓް ބޭންކިން ނުވަތަ އެކައުންޓްގެ އެއްވެސް މައުލޫމާތެއް އީމެއިލް މެދުވެރިކޮށް ނުހޯދާނެ ކަމަށް ވެސް ބޭންކުން ހާމަކުރެއެވެ. މިގޮތަށް ބީއެމްއެލްގެ ނަމުގައި މެއިލްއެއް ލިބިއްޖެނަމަ، މެއިލް ފޮނުވި ފަރާތް ބްލޮކް ކޮށްލުމަށްފަހު އެ މެއިލް ޑިލީޓު ކުރުމަށް ވެސް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މެއިލްގެ އިތުރުން ބީއެމްއެލްގެ ނަމުގައި ފޯނުން ގުޅައި، އޮޅުވާލައިގެން އެކައުންޓްގެ މައުލޫމާތު ހޯދުމަކީ ދޭތެރެ ދޭތެރެއިން ފެންމަތިވާ ވަރަށް އާންމު ކަމެކެވެ. މީސް މީޑއާގައި ގިނަ މީހުން ތުހުމަތު ކުރަނީ އެއީ ޖަލުގެ ގައިދީންގެ ނެޓްވޯކް ތަކުން ހިންގާ ކަމެއް ކަމަށެވެ. މޯބައިލް ފޯނާއި މޯބައިލް ސިމަކީ ޖަލަށް ވެއްދުން މަނާ ތަކެތި ކަމަށް ވިޔަސް ޖަލުގައި އެންމެ ގިނައިން ގެންގުޅޭ މަނާ އެއް ބާވަތަކަށް މޮބައިލް ފޯނު ވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން