ކޯވިޑް19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު، އޭޑީބީން އިތުރު އެއް މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.

އޭޑީބީން ރާއްޖެއަށް އިތުރު އެއް މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާއިރު މިދިޔަ ޖޫންމަހުވެސް އޭޑީބީން ވަނީ ބަޖެޓް ސަޕޯޓަށް ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައެވެ.

އޭޑީބީ އިން ދާދިފަހުން ވަނީ 50 މިލިއަން ޑޮލަރު ދީފަ އެވެ. އެންމެ ފަހުން އޭޑީބީން ދީފައިވާ ފައިސާގެ ތެރެއިން 25 މިލިއަން ޑޮލަރަކީ ލޯނެވެ. އަދި 25 މިލިއަން ޑޮލަރަކީ ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާ އެވެ. އޭޑީބީން މި ފައިސާ ދެނީ ރާއްޖޭގެ ފަސް ސަރަހަދެއްގައި ހުރި ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ވަސީލަތް ހަމަޖެއްސުމާއި ދުވާލަކު 800 ޓެސްޓް ހެދޭނެ ވަރަށް ޓެސްޓް ކުރުމުގެ ގާބިލްކަން އިތުރު ކުރުމުގެ އިތުރުން އަންހެނުންނާއި ފިރިހެނުންނަށް ހާއްސަކޮށް 400 އައިސޮލޭޝަން އެނދު ގާއިމްކޮށް އިތުރު، 200 އައިސީޔޫ އެނދު ހޯދުމަށެވެ.

މީގެއިތުރުން ރާއްޖޭގައި ގައިންގަޔަށް ފެތުރޭ ބަލިތަކާ ދެކޮޅަށް ކުރާ މަސައްކަތަށްވެސް އޭޑީބީން ވަނީ 5 ލައްކަ ޑޮލަރުގެ އެހީއަކާއި 7 ލައްކަ 98 ހާސް ޑޮލަރުގެ އެހީއެއްވެސް މީގެކުރިން ހަމަޖައްސާދީފައެވެ.

އޭޑީބީގެ ބަޔާނުގައި ރާއްޖެއަށް ދިން 1 މިލިއަން ޑޮލަރު ޚަރަދުކުރާނީ ކޯވިޑްއާ ދެކޮޅަށް ކުރާ މަސައްކަތަށް ބޭނުންވާ މުހިއްމު ތަކެތި ހޯދުމަށެވެ. އޭގެތެރޭގައި ޓެސްޓް ކިޓް، ޕީޕީއީ، ލެބޯޓަރީތަކަށް ބޭނުންވާ ތަކެއްޗާއި އެހެނިހެން މެޑިކަލް ސާމާނު ހިމެނެއެވެ. މީގެއިތުރުން ސިއްހީ ދާއިރާއާއި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެލަވަންސް ހަމަޖައްސާނީވެސް މިފައިސާއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން