ރިޝްވަތާއި ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާތީ އޭނާ ކުރިން ހުރީ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ. ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ ހދ. ހިރިމަރަދޫ ކޯޓުގައި މައްސަލައެއް ނިންމުމުގަ އާއި މަސްއޫލިއްޔަތު އަދާކުރުމުގައި މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ މުއާމަލާތްތައް ހިންގާފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށާއި އޭނާއަށް ލިބޭ މުސާރަ އާއި އިނާޔަތުގެ އިތުރަށް އޭނާގެ އެކައުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ލިބިފައިވާ ފައިސާ ކަން ސާބިތުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ވަޒީފާގެ މާހައުލުގައި އެކަށީގެންނުވާ ބަހުރުވައިން މުވައްޒަފަކާ މުއާމަލާތުކުރި ކަމަށާއި އަދި އެކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ކަންތައްތަކެއް ކަން ތަހުގީގަށް ސާބިތުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. މީގެއިތުރުން އެ އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފް އަމަލުތަކެއް ކަމަށްވާތީ އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މައުސޫމް މަގާމުން ވަކިކުރަން ނިންމިއިރު، އެހެން ބައެއް ފަނޑިޔާރުން ވެސް އެކި މައްސަލަތަކުގައި މަގާމުން ވަކިކުރަން ކުރިން މަޖިލީހަށް ފޮނުވާފައިވަނިކޮށް މަގާމުން އެމީހުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު