މިސްކިތުގައި ނަމާދުގެ ޖަމާއަތް ހަދަން ހުއްދަ ދިން ނަމަވެސް ޖަމާއަތް ހެދުމަށް ހުއްދަ ދީފައިވަނީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން
މިސްކިތުގައި ނަމާދުގެ ޖަމާއަތް ހަދަން ހުއްދަ ދިން ނަމަވެސް ޖަމާއަތް ހެދުމަށް ހުއްދަ ދީފައިވަނީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން
މާލޭގެ ތިން މިސްކިތަކުން ކޮވިޑް-19އަށް 8 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވްވެފައިވަނީ މަސްޖިދުލް ސުލްތާން ހަސަން އިއްޒުއްދީން މިސްކިތް (ތޮއިބާ މިސްކިތް) އާއި، މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީން (މަޖިލިސް އިދާރާ ކައިރީގައި ހުންނަ މިސްކިތް) އަދި މަސްޖިދުލް އަފީފުއްދީން (ދިއްލީ މިސްކިތް) އިންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ޒިޔާރަތް ކޮށްފައިވާ މިސްކިތްތައް ބަންދުކޮށް އެމިސްކިތްތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވެސް ވަނީ މިސްކިތްތަކުން ކޮވިޑް-19 ކޭސް ތަކެއް ފެނިފައިވާ ކަމަށް ވިދާޅުވެފައެވެ. މިސްކިތްތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ނިމުމުން އަލުން މިސްކިތް ހުޅުވާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން މަނާކޮށްފައި އޮންނަތާ ހަތަރު މަސް ދުވަސް ވާން ކައިރިވެފައި ވަނިކޮށް މިސްކިތްތައް އަލުން ހުޅުވައިލައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނީ މިމަހުގެ 01 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން