އިދިކޮޅު ކޯލިޝަނުން ބޭއްވި ހަރަކާތެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ
އިދިކޮޅު ކޯލިޝަނުން ބޭއްވި ހަރަކާތެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވުމަށާއި، އިސްތިއުފާ ނުދެއްވައިފިނަމަ މަގާމުން ވަކިކުރުމަށް ޕްރޮގުރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ ޕީޖީގެ މައްޗަށް ޖިނާއީ ތުހުމަތުތަކެއް ކުރެވޭ ކަމަށް ވިދާޅުވެ، ލޯންޑާ ކުރިކަމަށް ޕީޖީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ބަލާދިނުމަށް އިދިކޮޅުން ވަނީ ގޮވާލައްވާފައެވެ. 

މީގެ އިތުރުން އަދުރޭ ވިދާޅުވީ ޕީޖީ އާއި ދެކޮޅަށް ބާކައުންސިލަށް ހުށަހަޅާފައިވާ މައްސަލާގައި ބޮޑެތި ތުހުމަތުތައް ކުރެވޭއިރު އެމްއެމްޕީއާރުސީގެ ހުރިހާ މައްސަލައަިކކުން ޝަމީމް ތަނާޒުލް ވާން ޖެހޭ ކަމަށެވެ. ބާކައުންސިލަށް ހުށަހަޅާފައިވާ މައްސަލާގައި، ޝަމީމަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. މިގޮތުން އެމްއެމްޕީއާރުސީގެ ފައިސާ އިން ފައިސާ ނެގިކަމާއި، އެ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެގްރީމެންޓުތަކަށް ހަދައި މީހަކު ދިން ލޯނެއްގެ ގޮތަށް ދައްކަން މަސައްކަތް ކުރިކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ. އަދި އެ ފައިސާ ބޭނުންކޮށްގެން ޝަމީމްގެ، ގެ ހެދުމަށް ހަރަދުކޮށްފައިވާ ކަމަށްވެސް ވަނީ ތުހުމަތު ކުރެވިފައެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީ ހިޔާނާތުގައި ތުހުމަތު ކުރެވޭ ގ.އޮއިވާލި މުހައްމަދު ހުސެއިން (އޮއިއްޓެ) ގެ ވަކީލެއްގެ ގޮތުގައިވެސް ޝަމީމް މަަސައްކަތް ކުރެއްވި ކަމާއި ޕީޖީ ގެ މަޤާމައި ހަވާލުވެވަޑައިގަންނަވަންދެން އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތަށްވެސް ޤާނޫނީ އެހީ ފޯރުކޮށްދެމުން ގެންދިޔަކަން އެ މައްސަލާގައި ފާހަގަކޮށްފައި ވެއެވެ.

އެކަމަށް އިޝާރަތް ކުރައްވައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އެފަދަ ބޮޑެތި ތުހުމަތުތައް ޝަމީމުގެ މައްޗަށް ކުރެވޭއިރު އެމްއެމްޕީއާރުސީގެ ހުރިހާ ކަމެއްވަނީ އެއްކަން އަނެއްކަމާއި ގުޅިފައި ކަމަށްވުމުން އެ މައްސަލާގައި ޝަމީމް ޕީޖީއަކަށް ހުންނަވައިގެން އެއްވެސް ފަރާތަކަށް ދައުވާ ކުރުން ރަނގަޅު ނޫން ކަމަށެވެ. 

"ހަމައެކަނި ޕީޖީ ޝަމީމު މިމައްސަލަ އިން ތަނާޒުލްވުމަކުން އެކަނި ނުފުދޭ، ހުސައިން ޝަމީމް ޕީޖީ މަގާމުން އިސްތިއުފާ ދެއްވަން، އިސްތިއުފާ ނުދެއްވައިފިނަމަ ދައުލަތުގެ ފަރާތުން ޕީޖީ އައްޔަން ކުރެއްވި ރައީސުލްޖުމުހޫރިއްޔާ، ނުވަތަ ރައްޔިތުންގެ މަޖިލީހުން އެބަޖެހޭ ހުސައިން ޝަމީމް އެމަގާމުން ވަކިކުރަން، އޭނާ އެ މަގާމުގައި ހުރެގެން އެމްއެމްޕީއާރުސީގެ މައްސަލަ ގާނޫނާއި އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" އަބުދުއްރަހީމް ވިދާޅުވިއެވެ.

ޝަމީމަށް ކުރެވިފައިވާ އެންމެހާ ތުހުމަތުތަކަށް ޝަމީމް ވަނީ އިންކާރު ކުރައްވާފައެވެ. މީގެ އިތުރުން ޝަމީމްގެ މައްސަލަ ބާ ކައުންސިލަށް ހުށައަޅާފައިވާއިރު އެމައްސަލަ އިންސާފުވެރި ކަމާއެކު ބެލުމަށް އަބުދުއްރަހީމް ވަނީ ގޮވާލައްވާފައެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭގޮތުގައި މި މައްސަލަ ނިމޭގޮތަކުން ބާ ކައުންސިލް އުވާލަން މަޝްވަރާ ކުރާ ކަމުގެ މައުލޫމާތު އެބަލިބޭ، ދައުލަތުގެ އެޓާނީ ޖެނެރަލް އަށް ދަންނަވާލަން ބޭނުންވަނީ ބާ ކައުންސިލްގެ މަސައްކަތަށް ހުރަސް ނާޅުއްވާށޭ، ބާ ކައުންސިލުން އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ މެންޑޭޓްގެ ދަށުން މައްސަލަތައް ނިއްމުމަށް ފުރުސަތު ދެއްވާށޭ" އަބުދުއްރަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން