ހުޅުމާލޭގައި ބިދޭސީންތަކެއް އިހުތިޖާޖް ކުރަނީ
ހުޅުމާލޭގައި ބިދޭސީންތަކެއް އިހުތިޖާޖް ކުރަނީ
ވ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށެއްގައި ބިދޭސީންތަކެއް އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ފުލުހުންގެ އިދާރާ އިން މިރޭ ބުނީ، ވ. އަތޮޅުގައި ތަރައްގީކުރަމުންދާ ރިސޯޓެއްްގައި މަސައްކަތްކުރާ ބިދޭސީންތަކެއް މަސައްކަތަށް ހުރަސް އަޅައި އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގުމާއި ގުޅިގެން ފުލުހުން އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

އެކަމަކު ހަމަނުޖެހުމުގައި އެމީހުންގެ ސުޕަވައިޒަރުގެ ކޮޓަރިއަށް ގެއްލުންދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެމީހުންގެ ސްޕޮންސާ މައްސަލަ ހައްލުކުރުމަށް އެމީހުންނާއި ވާހަކަ ދައްކަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން