އުތުރާއި ދެކުނުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުން ބިމު ކުލި ކުޑަކުރަން ސަރުކާރުން ވިސްނާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.
ފައްޔާޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޓޫރިޒަމް ކުރިއެރުވުމަށްޓަކާ ރާއްޖޭގެ އުތުރާއި ދެކުނުން ނުވަ ސަރަހައްދަކުން ދޫކޮށްފައިވާ ރަށްތަކުގެ ބިމު ކުލި ކުޑަކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ބިމު ކުލި ކުޑަކުރުމުން އަތޮޅުތަކުގައި ފަތުރުވެރިކަމަށް ކުރާ އިންވެސްޓްމަންޓް އިތުރުވެގެން ދާނެކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ހިންގާ ރިސޯޓުތަކުން އަކަ މީޓަރަކަށް ދެ ޑޮލަރު ނަގަން ކަނޑައަޅާފައިވާއިރު ބިމުކުލީގެ ގޮތުގައި ބޮޑުވެގެން ނަގާނީ 800 ހާސް ޑޮލަރު ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މީގެއިތުރުން ހއ އަދި ހދ ގެ ރިސޯޓުތަކުން ބިމުކުލީގެ ގޮތުގައި އަކަ މީޓަރަކަށް ހަތަރު ޑޮލަރު ނެގުމަށް ހުށަހަޅާއިރު ކުލީގެ ގޮތުގައި ގިނަވެގެން ނަގާނީ އެއް މިލިއަން ޑޮލަރުކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ގއ، ގދ، ތ އަދި ލ އަތޮޅުގެ ރަށްތަކުން އަކަ މީޓަރަަކަށް ނަގާނީ ހަ ޑޮލަރު ކަމަށާއި ކުލީގެ ގޮތުގައި އެންމެ ބޮޑުވެގެން ނަގާނީ 1.5 މިލިއަން ޑޮލަރު ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ބިމު ކުލި ކުޑަކުރުމުން މިއަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއަރާ އެކަމަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެ ކަމަށް ޓުއަރިޒަމާ މިހާރު ހަވާލުވެ ވަޑައިގެން ހުންނެވި ފައްޔާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު