ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތު ކަނޑައެޅުމުގެ ބާރު މަޖިލީހަށް ނެގުމަށް ކުރަމުންދާ މަސައްކަތަކީ އެންމެ ރަނގަޅު މަސައްކަތެއް ނޫންކަމަށް ޞިއްހީ ބޭފުޅުން ވިދާޅުވި ވިދާޅުވުމަށް ރޮޒޭނާ ތާއީދު ކުރައްވައި ޝުޢޫރު ފާޅުކުރެއްވުމުން އަލީ އާޒިމް އެކަން ކުށްވެރި ކުރައްވައިފިއެވެ.

ބޮޑު ބަލިމަޑުކަމެއް ފެތުރި، ގައުމުގައި ޞިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާއިރު އެކަމާއި ކުރިމަތިލާ ޞިއްޚީ ބޭފުޅުންނާއި، ޑޮކްޓަރުންނަށް ބާރު ނުފޯރުވޭ ކަންކަން ޞިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތުގެ ބިލުގައި ހުރިކަން ފާހަގަކުރަށްވައި ޑރ. އަލީ ނިޔާފް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޞިއްހީ ކުއްލި ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު 48 ގަޑިއިރުތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ކަނޑައެޅުމަށް އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް މަޝްވަރާ ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ޑރ. ނިޔާފް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށްފައި އޮންނަ ހާލަތެއްގައިވިޔަސް އާންމުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވާ އުސޫލުން މަޖިލީހުން ބޭނުންވާ ތަނެއްގައި ޖަލްސާ ބޭއްވޭ ގޮތަށް ހިމަނަން އޮތުމަކީވެސް ކަންބޮޑުވުމެއްކަމަށެވެ.

ނިޔާފްގެ މިވާހަތަކަށް ތާއީދު ކުރައްވައި އެމްޑީޕީގެ ޕާލިމަޓްރީ ގްރޫޕްގެ ޗީފް ވިޕް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވީ ބިލާމެދު ޑރ.ނިޔާޒް ދެއްކެވި ވާހަތަކަށް ފުރިހަމައަށް ތާއީދު ކުރައްވާކަމަށެވެ. އަދި ކޮމިޓީ މަރުހަލާގައި އެވާހަކަތަކާއިމެދު ވިސްނަވައި ބިލަށް ބަދަލު ގެންނަވާނެކަމަށް އުންމީދު ކުރައްވާކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

ރޮޒޭނާގެ މިޓްވީޓާއި ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ވަރަށްބޮޑަށް ހިންހަމަ ޖެހުވަޑައި ނުގެން ރޮޒޭނާ އަށް ރައްދު ދެއްވާފައެވެ. އާޒިމް ވިދާޅުވީ ޗީފް ވިޕް ބިލަކާއި ގުޅޭގޮތުން ޚިޔާލާއި މަޝްވަރާ ކުރަންޖެހޭނީ ޕީޖީ ގްރޫޕްގައިކަމަށެވެ. ސޯޝަލް މީޑިޔާގައި އެކަން ނުކުރެއްވޭނެކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިއީ އަމިއްލަ އެޖެންޑާއެއް ހާސިލްކުރަން ދައްކަވާ ވާހަކަތަކެއްކަމަށް ވިދާޅުވެ އާޒިމްވަނީ ރޮޒޭނާއަށް ރައްދު ދެއްވާފައެވެ.

އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރޮޒޭނާ ވިދާޅުވީ ޑރ.ނިޔާފް ޚިޔާލް ފާޅުކުރެއްވީވެސް އާންމުން ޚިޔާލް ހޯދުމަށް މަޖިލީހުގައި ބޭއްވި ބައްދަލުވުމެއްގައިކަމަށެވެ. އެބައްދަލުވުމުގައި ފާޅުކުރެއްވި ޚިޔާލްފުޅަކީ ރަނގަޅު ޚިޔާލެއްކަމަށް އޭނާ ވިދާޅުވުމުން އެއީ މައްސަލައަކަށް ވާންވީ ސަބަބެއް ވިސްނިވަޑައި ނުގަންނަވާކަމަށެވެ. އަދި މިކަމުގައި އާޒިމް ރައްދު ދެއްވައި ވާހަކަ ދެއްކެވުމަކީ ވަރަށް "ހައިރާންވެ، ކަންބޮޑުވާ" ކަމެއްކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ. މިކަމުންވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތްމިންވަރާއިމެދު ރޮޒޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އާޒިމްގެ ވާހަކަތަކަށް ތާއީދުކޮށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ޗީފް ވިޕް ބިލަކާއި ގުޅޭގޮތުން ސޯޝަލް މީޑިޔާގައި ވާހަކަ ދައްކަވާއިރު، ބިލުގައި އޮންނަ އެއްޗެއްވެސް ރަނގަޅަށް ސާފުނުކުރައްވާކަމަށެވެ. އިންތިގެ މިވާހަތަކަށް ރައްދު ދެއްވަމުން ރޮޒޭނާ ވިދާޅުވީ ބިލަށް ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ޑރ.ނިޔާފް ދެއްކެވި ވާހަކަތަކަށް ތާއީދު ކުރެއްވުމަކީ މިއަދު ފާފައަކަށް ވެފައިވާކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތުގެ ސަބަބުން މިސްކިތްތައް ހުއްޓުވޭ ހާލަތަށް ދާނަމަ ރައްޔިތުންގެ މަޖިލިސް ހުއްޓުވެން ޖެހޭނެ ހާލަތަށް ނުދާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ޑރ.އަލީ ނިޔާފް ވިދާޅުވުމުން ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުވެސް ވަނީ ޑރ.ނިޔާފް ދެއްކެވި ވާހަކަތަކަށް ފާޑު ވިދާޅުވެފައެވެ. ނަމަވެސް މިކަމުގައި އާޒިމްވެސް އަދި ޕީޖީ ގްރޫޕްގެ އެހެން މެމްބަރަކުވެސް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ. ނަމަވެސް މިއީ އެމްޑީޕީގެ ޕާލިމެޓްރީ ގްރޫޕްގެ ބައެއް މެންބަރުން ޑރ. ނިޔާފުގެ ވާހަކަތަކާއިމެދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާކަން ހާމަވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު


1

އޮލިވަރ ލިއޮން

22-Jul-2020

ބައެއް މެންބަރުންނަކީ އެންމެ އާދައިގެ ސިވިސް ސާވިސް ވަޒީފާއަކަށް ކުރިމަތިލާން ވެސް ޝަރުތު ހަމަނުވާ މީހުން. އެފަދަ މީހުން މަޖިލިސް މެންބަރުކަމަށް ހޮވީމަ މިފަދަ ވާހަކަ ދައްކާނެ


7

ގިގުސް ރިން

22-Jul-2020

202ވޯޓުގެ ތަފާތުން މަޖިލީހައް ހޮވިފަހުންނަ މެމްބަރަށް 134705 ވޯޓުލިބިގެން ވެރިކަމުގަ ހުންނަ ރައީސް އަޒުލުކުރެވޭއިރު މެމްބަރު އަޒުލުކުރެވޭނެ ގާނޫނެއްނެތުމަކީ ޖޯކެއްތަ؟


14

ނަށީދު

22-Jul-2020

އަންނި ބުނާގޮަތައް ކަންކަން ދާންވާނީ. ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އުތުރި އަރަނީ. އަންނި ނޫން ގޮތެއް



ޓްރެންޑިން