ސަރުކާރުން މަސްވެރިންނާއި އޮޑިވެރިން މަގުމަތިކޮށްފައިވާކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެެއެވެ.

މުހުތާޒު މިމޭރުމުން ވިދާޅުވެފައިވާއިރު، މަހުގެ އަގު ރިވިއު ކުރުމަށް ފިނޭންސް މިނިސްޓްރީއާއި ސަރުކާރުގެ އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން މުހުތާޒު ވިދާޅުވީ، ސިޔާސީ މަންފާއަށް މަސްވެރިކަމުގެ ސިނާއަތު ބޭނުންކޮށް، ވޯޓުގެ ދަހިވެތިކަމުގައި މަސް ގަންނަ އަގަށް ގެނެވުނު ބަދަލުގެ ސަބަބުން ހުރިހާގެއްލުމެއް ލިބެނީ މަސްވެރިންނަށާއި އޮޑިވެރިންނަށް ކަމަށެވެ.

ހަމައެއާއެކު މިސަރުކާރުން މަސްވެރިންނާއި އޮޑިވެރިން މަގުމަތިކޮށްފައިވާ ކަމަށާއި ނޫއިގްތިސާދު މިވީ ކަޅުވަކަރު އިގްތިސާދަކަށް ކަމަށްވެސް މުހުތާޒު ވިދާޅުވެފައިވެއެވެ.

މަހުގެ އަގު ރިވިއު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށްބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން މިފްކޯއިން އިއްޔެ ބުނެފައިވަނީ މަހުގެ އަގު ކުޑަކުރަން މިފްކޯއިން ނިންމާފައި ނުވާ ކަމަށެވެ. މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ސެޕްޓެމްބަރުމަހު މަސްކިލޯއެއްގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑު ކުރިފަހުން އެކުންފުނިން މަސްގަންނަމުން އަންނަނީ އެ ރޭޓުގައިކަމަށެވެ. އަދި އެ އަގު ކުޑަކުރަން މިފްކޯއިން އެއްވެސް ވަރަކަށް ވިސްނާފައި ނުވާ ކަމަށްވެސް އެ ކުންފުނިން ނެރުނު ބަޔާނުގައިވެއެވެ.

މިފްކޯގެ ބަޔާނުގައި ބުނީ މަހުގެ އަގު ރިވިއު ކުރުމަށް ފިނޭންސް މިނިސްޓްރީއާއި ސަރުކާރުގެ އިދާރާތަކާއެކު މިފްކޯއިން ސީދާ މަޝްވަރާކުރަމުން ނުދާކަމަށެވެ. އަދި މަސް ކިރުމަށްފަހު ނުދެވި ހުރި ހުރިހާ ފައިސާއެއް މަސްވެރިންނަށް ދައްކާ ޚަލާސް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކަމާ ގުޅުން ހުރި ފަރާތްތަކާއެކު ކުރަމުންދާކަމަށާއި މަސްވެރިން އަތުން ގަނެފައިވާ މަހަށް ބަރާބަރަށް ފައިސާ ދައްކަމުން ގެންދާނެ ކަމުގެ ޔަގީންކަންދޭކަމަށްވެސް މިފްކޯއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

އިބުރާ

08-Nov-2023

މަސްވެރިން މަގުމަަށްޗެއްނުވޭ މަގުމަތިވީ ހަމަމުމްތާޒު


4

ފަސްހިޔަނި

08-Nov-2023

ކަލޭ އެންމެފުރަތަމަވެސް ވިސްނާބަލާ އަނބިދަރިންނަށް ތިކާންދެވެނީ ހަލާލު ގޮތުން ހޯދާފައިސާއިންތޯ ދޮގު ވިއްކާގެންހޯދާ އެއްޗަކުންތޯ؟!


2

ފަސްހިޔަނި

08-Nov-2023

ކަލޭ އެންމެފުރަތަމަވެސް ވިސްނާބަލާ އަނބިދަރިންނަށް ތިކާންދެވެނީ ހަލާލު ގޮތުން ހޯދާފައިސާއިންތޯ ދޮގު ވިއްކާގެންހޯދާ އެއްޗަކުންތޯ؟!



ޓްރެންޑިން