ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ރައްޔިތުންގެ މަޖިިލީހުގެ މެޖޯރިޓީ ނެތި ސަރުކާރު ހިންގަންޖެހޭ ދުވަސްވެސް އަތުވެދާނެކަމަށް، މިއަދު ސުޕަމެޖޯރިޓީ އާއި، ސަރުކާރު އޮތް އެމްޑީޕީން ވިސްނުމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ގޮވާލައްވައިފިއެވެ.

ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތު ކަނޑައެޅުމުގެ ބާރު މަޖިލީހަށް ނެގުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި އަލީ ހުސެއިން ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީނެތި ސަރުކާރު ހިންގަންޖެހޭ ދުވަހެއްވެސް އަތުވެދާނެކަމަށް ބަލައިގެން މަޖިލިސް ތެރެއިން ކަންކަން ނިންމުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި ޤައުމާއި ރައްޔިތުންގެ ރައްކާތެރިކަން ގެއްލޭގޮތަށް ވަކި މަޤްސަދެއްގައި ޤާނޫނުތަކާއި ގަވާއިދުތަކާއި ކުޅުމަކީ ނުރައްކާތެރިކަމެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އިހުތިރާމާއެކު ދަންނަވަން ޖެހެނީ މަޖިިލީހުގެ މެޖޯރިޓީ ނެތި ސަރުކާރު ހިންގަންޖެހޭ ދުވަހަކުން ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަން ގެއްލިދާނެ ފަދަ ގޮތަކަށް މިއަދު ގާނޫނެއް ފާސްކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށް. މިއީ ރިޔާސީ ނިޒާމެއްކަންވެސް ހަނދާންކުރަންޖެހޭ." އަލީ ހުސެއިން ވިދާޅުވިއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބިލަށް ހިޔާލު ހޯދަން މަޖިލީހުގައި ބޭއްވި ފޯރަމްގައި، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ތަމްސީލް ކުރެއްވި ޑރ. އަލީ ނިޔާފު ވިދާޅުވީ ސިއްހީ ބޮޑު ބަލިމަޑުކަމެއް ފެތުރިގެންދާ ހާލަތެއްގައި ގޮތް ނިންމާއިރު ސިއްހީ މާހިރުންގެ ބަހެއް ނޯންނާނެ ފަދަ ނުކުތާތަކެއް ބިލުގައި އެބަހުރި ކަމަށާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު މަޖިލީހަށް ނެގުމަށް ކުރަމުންދާ މަސައްކަތުގައި ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު މިކަމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގައިވެސް ވަނީ ޚިޔާލް ތަފާތުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ބުޅާ

22-Jul-2020

202ވޯޓުގެ ތަފާތުން މަޖިލީހައް ހޮވިފަހުންނަ މެމްބަރަށް 134705 ވޯޓުލިބިގެން ވެރިކަމުގަ ހުންނަ ރައީސް އަޒުލުކުރެވޭއިރު މެމްބަރު އަޒުލުކުރެވޭނެ ގާނޫނެއްނެތުމަކީ ޖޯކެއްތަ؟



ޓްރެންޑިން