ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލާއިއެކު ކުޅިވަރު ޚިދުމަތްދޭތަންތަން ކައުންސިލްތަކަށް ބަދަލުވުމުން އެތަންތަން ގުދަންތަކަށް ބަދަލުވެ، ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައިވާކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ރަށްރަށުގައި ހުރި ކުޅިވަރު ކުޅޭ ތަންތަނުގެ ހާލަތާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ ޤާނޫނުގެ ތެރެއިން މިއަދު ކައުންސިލްތަކަށް ކުޅިވަރުގެ މަރުޒުތަކާއި ބިންތައް ހަވާލުކުރުމުން އެތަންތަން ވީރާނާވެ، ގުދަންތަކަށް ބަދަލުވަމުންދާ މަންޒަރު ފެންނަމުންދާކަމަށެވެ. ގިނަ ރަށްތަކުގައި މިއަދުވެސް ކުޅިވަރު ކުޅޭތަންތަން ކައުންސިލުން ބަލަހައްޓަންޖެހޭ ވަރަށް ނުބެލެހެއްޓި ތަންތަނުގެ ހާލަތު ވަރަށްބޮޑަށް ދަށްވެފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިއީ ވަރަށް ހިތާމަކުރައްވާކަމެއްކަމަށެވެ. އަދި މިކަން ދިމާވެފައިވަނީ ރަށްރަށުގެ ކައުންސިލްތަކުގައި މިކަމަށް ހޭދަކުރާނެ ފައިސާ ނެތުމުންކަން ގަބޫލު ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމަށް އޮންނަ ބަޖެޓު އަދި ވެސް އޮންނަނީ މިނިސްޓްރީގައި ކަން ފާހަގަ ކުރައްވަމުން މަހުލޫފު ވިދާޅުވީ ރަށެއްގެ ދަނޑެއްގެ ލައިޓެއް އެނދިޔަސް މިނިސްޓްރީން ލައިޓް ނުދޭނަމަ އެކަންވެސް ކައުންސިލް ތަކަށް ކުރެވެން ނޯންނަކަމަށެވެ.
އެރަށެއްގައި އަޅާފައިވާ ދަނޑުތަކާއި، ކުޅިވަރު ވަސީލަތްތައް ބެލެހެއްޓުމަކީ އެރަށެއްއްގެ ކައުންސިލާއި ރައްޔިތުންގެ ޒިންމާއަކަށްވާއިރު، ކުދިކުދި ކަންތައްތަކުގައިވެސް މިނިސްޓްރީއަށް ފައިސާ ހޯދަން އަންނަން ޖެހުމަކީ މިނިސްޓްރީއަށްވެސް މިއަދު ދަތިކަމެއްކަމަށް މަހުލޫފް ފާހަގަކުރެއްވިއެވެ. އަދި ބަޖެޓްގެ ކަންކަން ހައްލުކުރުމަށް އެލްޖީއޭގައި އެދިފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފެނޭ މިއަދު ކައުންސިލްތަކުން ހަވާލުވުމުން ބައެއް ރަށްރަށުގައި، ކުޅިވަރު މަރުކަޒުތައް ގުދަންތަކަށް ބަދަލުވާތަން. ވަރަށް ދެރަވަރުކޮށް ބައެއް ރަށްރަށުގައި މިއަދު ކަންކަން ހުރީ، ދަނޑެއްގެ ބޮތްކެއް އެދިޔަސް ޒިންމާ ވާން މިޖެހެނީ މިނިސްޓްރީން. އެކަން ނުކޮށްދީފިއްޔާ 2 މަސްވަންދެންވެސް ލައިޓް ދެންދެން ނުކުޅެ އެބަތިބޭ." މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކުޅިވަރު ބިންތަކާއި ކުޅިވަރު މަރުކަޒުތަކުގައި ހުރި ބިންތައް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ އިޚްތިޔާރު ކައުންސިލްތަކަށް އޮންނާނެކަމަށެވެ. އެގޮތުން، ޖިމްތަކާއި، އެނޫންވެސް ތަންތަނުން ކޮންމެވެސް ވަރެއްގެ ފީއެއް ނަގައިގެން ހިންގެވުމުގެ އިޚްތިޔާރުވެސް މިއަދު ކައުންސިލްތަކަށް އޮތްކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު