އައްޑޫ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު
އައްޑޫ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު
އެއްވެސް ސިފައެއްގައި ޚިޔާލު ތަފާތުވެ ދެކޮޅު ހެދުމަކީ އެންމެ މަތީ ދަރަޖައިގެ ޚިޔާނާތްތެރިކަން ކަމަށް ބައެއް ފަރާތްތަކުން ދެކޭ ކަމުގައި އައްޑޫ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު މިއަދު ވިދާޅުވެއްޖެއެވެ.

ޝަރީފު މިފަދައިން ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތު ކަނޑައެޅުމުގެ ބާރު މަޖިލީހަށް ނެގުމަށް ކުރަމުންދާ މަސައްކަތަކީ އެންމެ ރަނގަޅު މަސައްކަތެއް ނޫންކަމަށް ޞިއްހީ ބޭފުޅުން ވިދާޅުވި ވިދާޅުވުމަށް އެމްޑީޕީގެ ވިޕް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ތާއީދު ކުރައްވައި ޝުޢޫރު ފާޅުކުރެއްވުމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް އާއި މާފަންނު އުތުރު ދާއިރާގެމެމްބަރު އިމްތިޔާޒް ފަހުމީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރޮޒައިނާ އަށް ބަހުގެ ހަމަލާތަކެއް ދެއްވާފައިވަނިކޮށެވެ.

އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ސިފައެއްގައި ޚިޔާލު ތަފާތުވެ، ދެކޮޅު ހެދުމަކީ ބަޔަކު ދެކޭ ގޮތުގައި އެންމެ މަތީ ދަރަޖައިގެ ޚިޔާނާތް ކަމަށެވެ. ސީދާ އެބަސް ނިސްބަތްކުރެއްވީ ކޮން ބަޔަކަށް ކީއްވެގެން ކަމެއް ޝަރީފު ހާމައެއް ނުކުރައްވައެވެ. ނަމަވެސް ޝަރީފުގެ ޓުވީޓުގައި އައްޑޫ މީދޫ ދާއިރާ މެންބަރު ރޮޒައިނާ އާދަމާއި، އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު ޢަލީ ޢާޒިމް އަދި މާފަންނު އުތުރު ދާއިރާ މެންބަރު އިމްތިޔާޒް ފަހުމީ ޓެގުކުރައްވާފައިވެއެވެ.

މިއީ މި ތިން ބޭފުޅުންގެ މެދުގައި ހިގާދިޔަ ޚިޔާލު ތަފާތުވުން ތަކަށް ޝަރީފް ދިން ރައްދެއް ކަމަށް ބެލެވެއެވެ. ޝަރީފު ވިދާޅުވީ އެފަދައިން ދެކޮޅަށް ޚިޔާލު ފާޅުކުރާ މީހެއްގެ ޝަޚުޞިއްޔަތު ކަތިލުން ފަދަ ބަދަލު ހިފުމުގެ ފިޔަވަޅުތައް އަޅަނީ ވަރަށް އަވަހަށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އުފެދިފައިވަނީ "ކަނުކަމާއެކު" ތަބާވުމުގެ ސަގާފަތެއް ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި ކަނު ތަބާވުމަކީ ހުރިހާ ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައިވެސް ނުރުހެވޭ އަދި ފިކުރީ ގޮތުން ބަލައިގަތުން ދަތި ސިފައެއް ކަމަށް ޝަރީފު ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު


10

އަލި ވަހީދު އަލި

22-Jul-2020

ޚިޔާލު ތަފާތު ވުމަކީ ޚިޔާތްތެރިވުމެއްނޫން ސަރީފޫ އެކަމަކު ސަރީފޫ މިހާރު ތިވެވެނީ ގައުމަށް ޚިޔާނާތްތެރި ސަބަބަކީ ޑިފެން އޮފް ޗީފު ދައްކާފަހުރި ވާހަކަ އާއި ކެނެރީގެ ޤައްދާރު ނަސީދު (ޑިސެމްބަރ މަހާއި ހަމައަށް ދާއިރު) ގައުމުގެ ޢިޤުތިޞާދު އަނދަވަޅަކަށް ވެއްޓޭނެ ވާހަކަ ބުނުމާއި މިގައުމުގަ މިހިނގާ ނޭދެވޭ ކަންކަމަށް ބަލާއިރު އެމްޑީޕީގެ ސިޔާސަތު ތަންފީޒުކުރަން ހުރުމަކީ ސަރީފައް ގައުމަށާއި އިސްލާމްދީނައް ކުރެވޭ އެންމެ ބޮޑު ޚިޔާނާތް



ޓްރެންޑިން