އިންސާނީ ޙައްޤުތަކާ ބެހޭ މުހިންމު މުޢާހަދާއެއް ކަމުގައިވާ "ސީ.އީ.ޑީ" ތަޞްދިޤުކުރުމަށް މަޖިލީހުގެ ލަފައެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވި މައްސަލަ ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

އިންސާނީ ޙައްޤުތަކާ ބެހޭ މުހިންމު މުޢާހަދާއެއް ކަމުގައިވާ "ސީ.އީ.ޑީ" ތަޞްދީޤުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ދިރާށާކުރެއްވުމަށް މިއަދުގެ ޖަލްސާގައިވަނީ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީ.އީ.ޑީ)" މުޢާހަދާ ތަޞްދީޤުކުރުމުން، ދިވެހިރާއްޖެއިން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ދޭ އަޙައްމިއްޔަތުކަން އިތުރަށް ހާމަވެ، ދިވެހިރާއްޖޭގެ އިޙްތިޞާޞްގައި ހިމެނޭ ފަރާތްތަކުގެ ކަމާބެހޭ ޙައްޤުތައް ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

"އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީ.އީ.ޑީ)" މުޢާހަދާ އެޑޮޕްޓްކޮށްފައިވަނީ 20 ޑިސެންބަރު 2006 ގައި އެމެރިކާގެ ނިއުޔޯކުގައެވެ. އެ މުޢާހަދާއަށް ޢާންމުކޮށް ޢަމަލުކުރަން ފަށާފައިވަނީ 23 ޑިސެންބަރު 2010 ގައެވެ. އަދި ދިވަހިރާއްޖެއިން މި މުޢާހަދާގައި ސޮއިކޮށްފައިވަނީ، 6 ފެބުރުވަރީ 2007 ގައެވެ. މި މުޢާހަދާގައި މިހާތަނަށް 98 ޤައުމަކުން ސޮއިކޮށްފައިވާއިރު، މުޢާހަދާ ތަޞްދީޢުކޮށްފައިވަނީ 62 ޤައުމަކުންނެވެ.

ސީ.އީ.ޑީ މުޢާހަދާ ދިވެހިރާއްޖެއިން ތަޞްދިޤުކޮށް އެ މުޢާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ޤައުމުގެ ޤާނޫނީ އޮނިގަނޑުގައި ހިމެނުމާއެކު، ޝަރުޢީ ނިޒާމުގެ ތެރެއިން ބޮޑެތި ކުށްކުރާ ފަރާތްތަކަށް ޙައްޤު ޢަދަބު ކަނޑައެޅިގެން ދިއުމުން، އިންސާފު ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މިކަމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހުގައި ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ފުރިހަމަކަމާއެކު ތަންފީޛުކުރުމަށް ބާރުލިބޭނެ ކަމެއްކަމުގައިވެސް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން