ނޫސްވެރިޔާ އަހުމަދު ރިޟުވާނު ގެއްލުވާލި މައްސަލަ އާއި ގުޅިގެން ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑް ކުރައްވައި، އެމައްސަލައިގައި ޖަވާބުދާރީވެވަޑައިގެންނެވުމަށް އަންގާފައި ވަނިކޮށް އޭނާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ހަސަން އަލީ ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެން އޭނާ މިހާރު ވަނީ މަޤާމުން ވަކިވެފައި ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޢަލީގެ މައްޗަށް ތުޙުމަތު ކުރެވޭ ޖިނާއީ ކުށުގެ މައްސަލަ، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން" އިން ތަޙްޤީޤު ކުރަމުންދާކަމުގެ މަޢުލޫމާތު އެ ކޮމިޝަނުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އެނގުމާއި ގުޅިގެން، 16 ސެޕްޓެންބަރު 2019 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރު ހަސަން އަލީ ވަނީ ސަސްޕެންޑްކޮށްފައެވެ.
ފަނޑިޔާރު ހަސަން އަލީގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ، އޭނާ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުންނެވި ދުވަސްވަރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލްގައި މަސައްކަތްކުރާ ދެ ފުލުހުންނާ ގުޅިގެން، ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ޓްރެވަލް ޑޮކިއުމަންޓެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ.
ޖޭއެސްސީގެ ބަޔާނުގައި ވަނީ، ފަނޑިޔާރު ހަސަން އަލީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފަނޑިޔާރު ޙަސަން ޢަލީގެ ސުލޫކަށް އަސަރުކުރާފަދަ ކަމެއް ހިނގާފައިވޭތޯބެލުމަށް ކޮމިޝަނުން ކުރާ ތަޙްޤީޤުގެ މަސައްކަތްތައް ނިންމައި، ފަނޑިޔާރަށް ޖަވާބުދާރީވުމަށް 12 ޖުލައި 2020ވަނަ ދުވަހު ތަހުޤީޤު ރިޕޯޓް ފޮނުވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު