ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާން އެކޮމިޝަނުން ވަކިކުރުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މެންބަރު ސުލައިމާނާ އެކު އެ ކޮމިޝަނުގެ ހަތަރު މެންބަރަކު ވަކިކުރަން ކަނޑައަޅައި މަޖިލީހުގެ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓް މަޖިލީހުން މިއަދު ފާސްކުރިއިރު އަނެއް ތިން މެމްބަރުން ވަނީ ކުރިން އިސްތިއުފާ ދެއްވާފައެވެެ. އެހެންވެ ކޮމިޓީގެ ރިޕޯޓް ފާސްކުރީ ސުލައިމާން ވަކިކުރަން ރައީސަށް ދަންންވާ ގޮތަށެވެ.

ސުލައިމާން މަޤާމުން ވަކިކޮށްފައިވަނީ މިއަދު މަޖިލީހުގައި ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ. ސުލައިމާން ވަކިކުރުމަށް ފާސްވުމާއިއެކު އޭނާ ވަކިކުރުމަށް މިއަދު ރައީސަށް ދަންނަވާނެކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ކުރިން ކުރެއްވި އަޙުމަދު ސުލައިމާން އެންއައިސީގެ މެންބަރުކަމަށް އައްޔަން ކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ މާރޗް މަހުގެ ފުރަތަމަ ދުވަހުގައެވެ. ކޮމިޝަނުން ސުލައިމާން ވަކިކޮށްފައިވަނީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާނުކުރެވޭތީއާއި މަސައްކަތުގައި އިހުމާލުވުން ބޮޑުވެގެންކަމަށް ކޮމިޓީގެ ރިޕޯޓްގައި ވެއެވެ.

ސުލައިމާން ވަކިކުރަން މަޖިލީހުން މިއަދު ނިންމާފައިވާއިރު، ކޮމިޝަނުން ވަކިކުރުމަށް ނިންމާފައިވާ ކޮމިޝަނުގެ ނައިބު ރައީސް ހައްސާން ހަމީދާއި، މެމްބަރު އަޙްމަދު އަމީންގެ އިތުރުން މެންބަރު ޚަދީޖާ ޢަބްދުﷲ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން