ފަނޑިޔާރު ހަސަން އަލީ މިއަދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ، ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާނުގެ މައްސަލައިގާ ހިންގި ތަހުގީގަށް މިއަދު ޖަވާބުދާރީވާން އަންގާފައިވަނިކޮށް ކަމަށް ޖޭއެސްސީން ބުނެފިއެވެ.
ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ހަސަން އަލީ މަގާމުން އިސްތިއުފާ ދެއްވީ، އެ ކޮމިޝަނުގެ ތަހުގީގުގެ ފަހު އަޑުއެހުމަށް ހާޟިރުވުމަށް އިއްޔެ އަންގާފައިވަނިކޮށް ކަމަށެވެ.
"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން" އިން ތަޙްޤީޤު ކުރަމުންދާކަމުގެ މަޢުލޫމާތު އެ ކޮމިޝަނުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އެނގުމާއި ގުޅިގެން، 16 ސެޕްޓެންބަރު 2019 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރު ހަސަން އަލީ ވަނީ ސަސްޕެންޑްކޮށްފައެވެ. ސަސްޕެންޝަނުގައި ހުރި މުއްދަތުގައިވެސް އޭނާއަށް މުސާރައާއި އިނާޔަތްތައް ދައުލަތުން ދީފައިވެއެވެ.
ފަނޑިޔާރު ހަސަން އަލީގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ، އޭނާ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުންނެވި ދުވަސްވަރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލްގައި މަސައްކަތްކުރާ ދެ ފުލުހުންނާ ގުޅިގެން، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ޓްރެވަލް ޑޮކިއުމަންޓެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ.

News Briefing pic.twitter.com/rGAKJmYTxC
— JSC Maldives (@MaldivesJSC) July 21, 2020
"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން" އިން ތަޙްޤީޤު ކުރަމުންދާކަމުގެ މަޢުލޫމާތު އެ ކޮމިޝަނުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އެނގުމާއި ގުޅިގެން، 16 ސެޕްޓެންބަރު 2019 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރު ހަސަން އަލީ ވަނީ ސަސްޕެންޑްކޮށްފައެވެ. ސަސްޕެންޝަނުގައި ހުރި މުއްދަތުގައިވެސް އޭނާއަށް މުސާރައާއި އިނާޔަތްތައް ދައުލަތުން ދީފައިވެއެވެ.
ފަނޑިޔާރު ހަސަން އަލީގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ، އޭނާ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުންނެވި ދުވަސްވަރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލްގައި މަސައްކަތްކުރާ ދެ ފުލުހުންނާ ގުޅިގެން، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ޓްރެވަލް ޑޮކިއުމަންޓެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ.
ކިޔުންތެރިންގެ ހިޔާލު