ހުޅުމާލޭގައި ބިދޭސީން ކުރި މުޒާހަރާއެއް؛ މި މުޒާހަރާގައި ބިދޭސީން ވަނީ ފުލުހުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގާފަ
ހުޅުމާލޭގައި ބިދޭސީން ކުރި މުޒާހަރާއެއް؛ މި މުޒާހަރާގައި ބިދޭސީން ވަނީ ފުލުހުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގާފަ
ވ. އަތޮޅުގައި ތަރައްޤީ ކުރަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ރޭ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން 22 މީހަކު ހައްުޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާ އިން މިރޭ ބުނީ ރޭ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން 22 ބިދޭސީ މަސައްކަތްތެެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ބަންދާއި މެދުގޮތެއް ނިންމުމަަށް ވ. ފެލިދޫ މަޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެރަށުގައި ބިދޭސީން ހަމަނުޖެހުން ހިނގާތީ ފުލުހުން ރޭ ވަނީ އެރަށަށް އަރާފައެވެ. އަދި އެހަމަނުޖެހުން ވަނީ ކޮންޓްރޯލްކޮށްފައެވެ. ފުލުހުން ބުނީ ،ވ. އަތޮޅުގައި ތަރައްޤީ ކުރަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބައެއް ބިދޭސީން މަސައްކަތައް ހުރަސް އަޅައި އިހްތިޖާޖުކޮށް ހަމަނުޖެހުން ހިންގުމާއި ގުޅިގެން ފުލުހުން އެރަށުގައި ހަރަކާތްތެރިވި ކަމަށެވެ.

އެހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށާއި، ހަމަނުޖެހުންތަކުގައި ރިސޯޓްގެ ސްޕަވައިޒަރު ކޮޓަރި އަށް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން