ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ބައްދަލުވުމެއް ކުރިއަށްދަނީ
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ބައްދަލުވުމެއް ކުރިއަށްދަނީ
ކުންފުނިތަކުގެ އެގްޒެކެޓިވް ވެރިން ނެތި ބޮޑެތި މާލީ މުއާމަލާތްތައް ނުހިންގުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަންގައިފިއެވެ.

ޕީސީބީން ރޭ ނެރެފައިވާ ސަރކިއުލާގައި ބުނެފައިވަނީ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރު ނެތް ހާލަތެއްގައި ކުންފުނީގެ ހިންގުން ހަވާލުކުރަންވާނީ އެގްޒެކެޓިވް ބޯޑުގެ މެންބަރަކާ ކަމަށެވެ. އަދި ބޯޑުގެ އެގްޒެކެޓިވް މެންބަރެއް ނެތް ހާލަތެއްގައި އަމަލުކުރާނެ އުސޫލުތައް ވެސް ޕީސީބީން ވަނީ ކުންފުނިތަކަށް އަންގާފައެވެ.

އެގޮތުން އެފަފަ ހާލަތެއްގައި ކުންފުނީގެ އެންމެ އިސް ފަރާތަކާ ކުންފުނީގެ ހިންގުން ހަވާލު ކުރުމަށް ޕީސީބީން އިރުޝާދު ދީފައި ވެއެވެ.

އަދި އެގްޒެކެޓިވް ބޯޑުގެ މެންބަރެއްވެސް ނެތް ހާލަތެއްގައި ދުވަހުން ދުވަހަށް ހިންގަން ޖެހޭ މުއާމަލާތްތައް ފިޔަވައި ބޮޑެތި މާލީ ނުވަތަ ވިޔަފާރީގެ މުއާމަލާތްތައް ނުހިންގުމަށް އެ ސަރކިއުލާގައި ކުންފުނިތަކަށް ޕީސީބީން އަންގާފައިވެއެވެ.

އޭގެ އިތުރުން ކުންފުނިތަކުގެ ހިންގުމާ ޙަވާލުވާ އެންމެ އިސް ވެރިންގެ މަޢުލޫމާތު ޕީސީބީއާ ހިއްސާ ކުރުމަށްވެސް އެ ބޯޑުން ވަނީ އަންގާފައެވެ.

ޕީސީބީން މިފަދަ ސަރކިއުލާއެއް ނެރެފައިވާއިރު ސަރުކާރު ބަދަލުވުމުގެ މަރުޙަލާގައި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ވެރިން ގެންދަވަނީ މަޤާމުތަކުން އިސްތިޢުފާ ދެއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން