ފްރަންޓްލައިންގައި ޚިދުމަތް ކުރައްވާ ބައެއް އޮފިޝަލުން
ފްރަންޓްލައިންގައި ޚިދުމަތް ކުރައްވާ ބައެއް އޮފިޝަލުން
ޢާއްމު ޚިދުމަތްތަކާއި ގުޅޭ މަސައްކަތްތައް ކުރުމަށް ކަރަންޓީން ވާން ނުޖެހޭގޮތަށް ރަށްރަށަށް ދަތުރުކުރެވޭނީ ގިނަވެގެން 5 ދުވަހަށްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ކަނޑައަޅައިފިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޢާއްމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލަށް އެޗްޕީއޭއިންވަނީ ބައެއް ބައިތައް އިތުރުކޮށް އަލުން އުސޫލު ޢާއްމުކޮށްފައެވެ. މި އުސޫލުގައިވާގޮތުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ރަށަކަށް ކަރަންޓީން ވުމަކާއި ނުލައި ދެވޭނީ ގިނަވެގެން 5 ދުވަހަށެވެ.

މިފަދަ މަސައްކަތަކަށް ރިސޯޓްތަކަށް ދަތުރުކުރާ މީހުން ޢަމަލުކުރަންޖެހެނީ ރިސޯޓްތަކަށް ޢާއްމު ޚިދުމަތްތައް ދިނުމަށް ދަތުރުކުރުމާއި ގުޅޭގޮތުން އެޗްޕީއޭއިން ހަދާފައިވާ އުސޫލު "ޕަބްލިކް ހެލްތް އިންޓަވެންޝަންސް ޓު ޕްރިވެންޓް ކޯވިޑް-19 ޓްރާންސްމިޝަން އިން ދަ ޓުއަރިޒަމް ސެކްޓަރ" ގައިޑްލައިިނާއި އެއްގޮތަށްކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މިފަދަ މަސައްކަތެއް ކުރުމަށް ރަށަކަށް ދާނަމަ ފުލުހުންގެ ފަރާތުން ހުއްދަ ނެގުމަށްފަހު އެކަމާއިގުޅޭ ލިޔުންތަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ލީގަލް ޓީމާއި ޙިއްސާކުރަންޖެހޭނެ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެ އެވެ.

ކުރުމުއްދަތަށް ކަރަންޓީންވުމާއި ނުލާ މަސައްކަތަކަށް ދަތުރުކުރާ މީހުންނަށްވެސް ރަށްރަށަށް ދަތުރުކުރެވޭނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށެވެ. އެގޮތުން އޮންނަ އުސޫލުގެދަށުން ހުއްދަ ހޯދާފައިވާކަން ޔަގީންކުރުމާއި، މަސައްކަތް ހިންގާ މުޢައްސަސާގެ ޒިންމާތަކާއި، ރަށްރަށަށް ދަތުުރުކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ގޮތްތަކާއި އަދި ދަތުރުކުރާ ރަށްރަށުގެ ކައުންސިލްގެ ޒިންމާވެސް އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެކި މަސައްކަތައް ކުރުމަށް 14 ދުވަހަވުރެ ކުރު މުއްދަކަކަށް ރާއްޖެ އައުމަށް ބޭނުންވާ މީހުންވެސް، ރާއްޖެ އައުމުގެ ކުރިން އެޗްޕީއޭގެ ޚާއްސަ ހުއްދަ ނަގަންޖެހޭނެއެވެ. މި ހުއްދަ ނަގަންވާނީ މަސައްކަތަށް ރާއްޖެ އަންނަ މީހާ ނުވަތަ މީހުން ގެންނަ ފަރާތުންކަމަށްވެސް މި އުސޫލުގައިވެއެވެ


ކިޔުންތެރިންގެ ހިޔާލު


-6

ނކއ

22-Jul-2020

ތިއުޅެނީ ރާއްޖެތެރެއަން ތިނުފެތުރިގެން ގައްޖާ އަންނި ބޭނުންވާގޮތް އެއީ



ޓްރެންޑިން