އެމްއެމްޕީއާރުސީއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ތަޙްގީގު ކުރަމުން އަންނައިރު އޭގެ ތެރެއިން އިތުރު މައްސަލަތަކެއް ފާހަގަކުރެވެމުން އަންނަކަމަށާ، މިމައްސަލާގައި ކޮރަޕްޝަންގެ ތުހުމަތުކުރެވޭ މީހުންގެ ޢަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާ މިރޭ ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތުތައް 267 މީހަކަށް ކުރެވޭކަމަށެވެ. އަދި އެ މައްސަލަތައް މިހާރު ބަލަމުން އަންނައިރު އިތުރު މައްސަލަތަކެއްވެސް ފާހަގަކުރެވެމުން އަންނަކަމަށް ޝިއުނާ ވިދާޅުވިއެވެ. އެހެންކަމުން ކޮރަޕްޝަންގެ ތުހުމަތުކުރެވޭ މީހުންގެ ޢަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށް ޝިއުނާ ވިދާޅުވިއެވެ.
މިމައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އެންމެ ފުރަތަމަ ދައުވާކުރަން ފޮނުވާނެ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާ، ކުރިއަށް އޮތް ދެ މަހެއްހައި ދުވަހުގެތެރެގާއި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭ މައްސަލަތަކެއް ދައުވާކުރުމަށް ފޮނުވޭނެކަމަށް ޝިއުނާ ވިދާޅުވިއެވެ.
"މިސާލަކަށް 30 މީހުން އެއްފަހަރާ އަޅުގަނޑުމެންގެ ވަސީލަތްތައް ހުރިވަރަކުން، ވަސީލަތްތަކޭ މިބުނަނީ އަޅުގަނޑުމެންގެ މުވައްޒަފުން މިކަމަށް ޑެޑިކޭޓްކޮށްފައިވާ ސްޓާފުން އެކަށީގެންވާ މިންވަރަކުން އަޅުގަނޑުމެން ކޭސްތައް ބެޗްބެޗަށް ބަހައިލައިގެން މިކުރިއަށް ގެންދަނީ. އެއީ މިހާރު މަސައްކަތް ރޭވިފަވާ ގޮތަކީ. އަޅުގަނޑު އުއްމީދަކީ ކުރިއަށް އޮތް ދެ މަސްތެރޭގަ ވަރަށް ރަނގަޅު ނަތީޖާތަކެއް ފެނިގެންދާނެކަމަށް." ޝިއުނާ ވިދާޅުވިއެވެ.
އެމްއެމްޕީއަރުސީގެ ކޮރަޕްޝަނާ ގުޅިގެން މާލެއާއި ހުޅުމާލޭގެ 4 ތަނެއް މިމަހުގެ ފުރަތަމަ ދުވަހު ވަނީ ބަލާ ފާސްކޮށްފައެވެ. އޭސީސީގެ ރައީސާ ވިދާޅުވީ، މިމައްސަލަ މުޅިން ތަޙްޤީޤްކޮށް ނިންމުމަށް އަހަރެއްހައި ދުވަސް ނަގާނެކަމަށް އަންދާޒާކުރެވުނު ނަމަވެސް އެއަށްވުރެ އަވަސްކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށެވެ.
"މިމައްސަލައިގެ ޒާތުން އަޑިއަށް ފީނާވަރަކުން އަދިވެސް ފެންނާނެ. މައްސަލަ ބަލަމުންދާއިރު އިތުރު މައްސަލަތުގެ ކުރިފަޅާ. މިލިސްޓުވެސް އިތުރުވުން އެކަށީގެންވޭ. ވަރަށް ބައިވަރު މަސައްކަތްތަކެއް އަދިވެސް އެބަހުރިކުރިއަށް ކުރަން." ޝިއުނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަޙްޤީޤު އިތުރަށް ވަރުގަދަކޮށް ތަޙްޤީޤު ހިންގުމުގައި އިތުރު ވަސީލަތްތައް ބޭނުންކުރުމަށް ނިންމާފައިވާކަމުގައި ދާދިފަހުން ފުލުހުންވެސް ވަނީ ބުނެފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުން ހާމަކޮށްފައިވެެއެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ބޭނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް މަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު