އެސްޓީއޯ މެދުވެރިކޮށް ހިންގާފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައިގައި އެޓާނީ ޖެނެރަލް އޮފީހުން 66 ފޮށީގެ ލިޔެކިޔުން ފޮނުވާފައިވާއިރު، މައްސަލަ ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ލިޔުމެއް ނެތްކަމަށްބުނުމަކީ ގަބޫލުކުރެވޭ ކަމެއްނޫންކަމަށް އޭސީސީގެ ރައީސް ވިދާޅުވެއްޖެއެވެ.
2011 ވަނަ އަހަރުން ފެށިގެން އޭސީސީން ބަލަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ތުހުމަތު ކުރެވޭ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައާއި ގުޅޭގޮތުން ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ތެލުގެ ވިޔަފާރީގެ މައްސަލާގައި އޭސީސީން މައްސަލަ ކުރިއަށްދާން ބޭނުންވާ ވަރަށް ލިޔެކިޔުން ނެތްކަމަށްބުނެ މައްސަލަ ކުރިއަށް ނުގެންދަން އޭރުގެ ކޮމިޝަނުން ނިންމި ނިންމުމާއިމެދު ސުވާލު އުފެދޭކަމަށެވެ.
އޭސީސީއާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަވާލުވެ ވަޑައިގެންނެވުމަށްފަހު މިމައްސަލަ ގޮސްފައިވާ ހިސާބެއް ބެލިއިރު، މިމައްސަލައާއި ގުޅުންހުރި 66 ފޮށީގެ ލިޔެކިޔުން އެޓާނީޖެރަލް އޮފީހުން އޭސީސީއާއި ހަވާލުކޮށްފައިވާކަމަށެވެ. މިހާ ގިނަ އަދަދެއްގެ ލިޔެކިޔުން ހުއްޓައި މައްސަލައިގެ އެކަށީގެންވާ ލިޔުން ނެތްކަމަށް ބުނެ މައްސަލަ ކުރިއަށް ނުގެންދަން ނިންމި ނިންމުން ބަލައި ނުގަނެވޭތީ، މިހާރު މައްސަލަ ރިވިއު ކުރުމަށް ނިންމާފައިވާކަމަށް ޝިއުނާ ވިދާޅުވިއެވެ.
"އެމައްސަލާގައި އޭސީސީއަށް އޭޖީ އޮފީހުން 66 ފޮށީގެ ޑޮކިއުމަންޓްސް ހުށަހަޅާފައިވޭ. މިމައްސަލަ ބަލައި ނިންމާފައިނުވަނީ އެކަށީގެންވާ މައުލޫމާތު ނޫންނަމަ ލިޔެކިޔުން ނެތިގެންކަމަށްބުނެ މައްސަލަ ވަނީ ފައިލްކޮށްފަ. މިހާ ބައިވަރު ލިޔުން ލިބިފަހުއްޓާ މައްސަލަ ކުރިއަށް ނުގެންދަން އޭރުގެ ކޮމިޝަނުންނިންމި ނިންމުމާއިމެދު އަޅުގަނޑުމެން ވަރަށް ސުވާލު އުފެދުނު. މިހާރު އެމައްސަލަ އަލުން ރިވިއުކޮށް، މައްސަލަ އަލުން ހުޅުވުމާމެދު މިދަނީ މަސައްކަތް ކުރަމުން." އޭސީސީގެ ރައީސް ވިދާޅުވިއެވެ.
މިމައްސަލަ އަކީ އެސްޓީއޯގެ 100 ޕަސެންޓު މިލްކުވެރި ކުންފުންޏެއްގެ ގޮތުގައި 1997 ގައި އުފެއްދި އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑުން ރާއްޖެއިން ބޭރުގައި ހިންގިކަމަށް ބުނާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައެވެ. އެޚިޔާނާތުގެ ތެރެއިން ގެއްލިފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިން ފާމަކަށް ހަވާލުކުރީ ރައީސް ނަޝީދު ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.
އެސްޓީއޯ މެދުވެރިކޮށް ހިންގާފައިވާ ކަމަށްބުނާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައިގައި އިގިރޭސިވިލާތުގެ ގްރާންޓް ތޯޓަންއާއި ހަވާލުކޮށްގެން އެކުލަވާލި ރިޕޯޓުގެ ލިޔުންތައް ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރުމަށް އޭސީސީއަށް އެންގުމަށް ޖުޑިޝަރީ ކޮމިޓީންވެސް ވަނީ ފާސްކޮށްފައެވެ. ނަމަވެސް އަދި އެލިޔެކިޔުންތައް އޭސީސީން މަޖިލީހާއި ހިއްސާކޮށްފައިވާކަމެއް އެގިފައެއްނުވެއެވެ.
އޭސީސީގެ ރައީސް ވިދާޅުވީ ކޮމިޝަނުން މިހާރުވެސް ގިނަ މައްސަލަތަކެއް ބަލަމުންދާކަމަށެވެ. ޚާއްސަކޮށް ގިނަ މައްސަލަތަކެއް 2018 ވަނަ އަހަރުން ފެށިގެން ހުށަހެޅި ނުނިމި ހުރުމުން އެމައްސަލަތަކާއިއެކު މިހާރުވެސް 600 އަށްވުރެ ގިނަ ޝަކުވާގެ މައްސަލަ ކޮމިޝަނުން ބަލަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު