އެލްޖީއޭގެ އެންމެބޮޑު ޒިންމާއެއް އަދާކުރައްވާކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ވަޒީރު އުޅުއްވަނީ ރުޤުޔާ ކުރެއްވުމުގައިކަމަށާއި، އެލްޖީއޭ ހިނގާނެ ގޮތަކަށް ކަންކަން ބަދަލުވާންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން މެމްބަރުން ވިދާޅުވީ ޤާނޫނަށް ބަދަލު ގެންނަންޖެހެނީ އެލްޖީއޭ ހިންގުމަށެވެ. މިބިލަށް ވާހަކަ ދައްކަވަމުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ވަޒީރުކަމުގައި އިމްރާން ހުންނަވައިގެން ރުޤުޔާ ކުރައްވާ މައްސަލަ ސާފުވާންޖެހޭކަމަށެވެ.
"އަޅުގަނޑުމެންނަށް ފެންނަނީ ވަޒީރު ރުޤުޔާ ކުރައްވާ މަންޒަރު. ތެދެއް ދޮގެއްނޭގޭ. އެމަނިކުފާނު ނިސްބަތްވަ ޕާޓީންވެސް އަދި ހުދު އެމަނިކުފާނުވެސް އެކަން ސާފުކޮށެއް ނުދެއްވާ. އެބަފެނޭ ސަހަރާތައް ފުލުހުން ލައްވާ ކޮންނަތަން. މިކަންކަން އެބަ ސާފުވާންޖެހޭ." ރާއީ ވިދާޅުވިއެވެ.
މިމައްސަލާގައި ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ އެލްޖީއޭ ބޯޑަށް މިގެންނަ ބަދަލަކީ ވަޒީރަށް ހުންނަވާ ބޭފުޅަކު ނެތް ޙާލަތެއްގައިވެސް ބޯޑުގެ ހިންގުން ނުހުއްޓޭނެގޮތަކަށް ޤާނޫނަށް ގެންނަ މުހިންމު ބަދަލެއްކަމަށެވެ. އަދި ވަޒީރު ރުޤުޔާ ކުރައްވަން ވަގުތު ނެންގެވިޔަސް އެހެންކަމެއް ކުރެއްވިޔަސް ބޯޑު ހިނގަންޖެހޭކަމަށް ވަހީދު ވިދާޅުވިއެވެ.
އެލްޖީއޭގެ ބޯޑު ހުއްޓުމެއްނެތި ހިނގާނެ ގޮތަކަށް ގެންނަން ހުށަހަޅާފައިވާ މި އިސްލާހާއިއެކު ބޯޑުގެ ރައީސް ނެތް ހާލަތެއްގައި ބޯޑުގެ އެންމެހައި ކަންކަން ބަލަހައްޓަވާނެ ނައިބް ރައީސަކު އައްޔަންކުރެވޭނެއެވެ. އަދި އެލްޖީއޭގެ ބޯޑު ބައްދަލުވުން ކޮންމެ ހަފުތާއަކު އެއް ފަހަރު ބާއްވައި އެލްޖީއޭގެ ރައީސަށްވެސް ބޮޑެތި ޒިންމާތަކެއް މި އިސްލާހާއެކު ކަނޑައެޅިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު