ކުރީގެ ހެލްތް މިނިސްޓަރ އަބުދު ﷲ ނާޒިމް
ކުރީގެ ހެލްތް މިނިސްޓަރ އަބުދު ﷲ ނާޒިމް
ދިވެހި ގައުމު ސަލާމަތް ކުރަން އެންމެން ތެދުވަންޖެހިފައިވާ ކަމަށް ކުރީގެ ހެލްތް މިނިސްޓަރު އަބުދު ﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި ހެލްތް މިނިސްޓަރު ކަން ކުރެއްވި އަބުދު ﷲ ނާޒިމް މިހެން ވިދާޅުވީ، ބިދޭސީންގެ ކަންކަން މިހާރު ގޮސްފައި އޮތް ހިސާބުން ދިވެހި ގައުމު ފެންނަނީ އިސްތިއުމާރީ ބާރަކުން ހިފީމަ އޮންނަ ގޮތަށް ކަމަށް ސިފަކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް އާއި ހަވާލާދީ ލިޔެފައިވާ ޚަބަރާއި، އިންޑިޔާގެ އަސްކަރިއްޔާގެ މަތިންދާބޯޓެއް ރާއްޖޭގައި ބޭއްވުމަށް އެއްބަސްވުމުގައި ސޮއިކޮށްފި ކަމަށް ރިޕޯޓްކޮށްފައިވާ ޚަބަރާއި އަންނަ ޑިސެންބަރު މަހަށް ދާންވާއިރަށް ދައުލަތުުގެ އާންމުދަނީ އިން ދެކޮޅު ނުޖެއްސޭނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި ޚަބަރު ފޭސްބުކްގައި ހިއްސާކުރައްވަމުންނެވެ.

ކުރީގެ މިނިސްޓަރު ނާޒިމް ވިދާޅުވީ، ދިވެހި ގައުމު ސަލާމަތް ކުރުމަށް އެންމެން ތެދުވަންޖެހިފައިވާ ކަމަށާއި، އެހެން ނޫނީ ވަގުތު ފާއިތުވެދާނެ ކަމަށެވެ. ދައުލަތުގެ މުވައްސަސާ ތައް ވަނީ ފެއިލް ވެފައި ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ދައުލަތުގެ މުވައްސަސާތައް ދަނީ ފެއިލްވަމުން، ލީޑަރ ޝިޕް ފެއިލްވުމުގެ ސަބަބުން، ވަގުތު ފާއިތުވެދާނެ، މި ނިކަމެތި ހާލުން މިގައުމުގެ ސަލާމަތް ކުރައްވާށި!" ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ވެފައިވާ ކަމަށާއި ރާއްޖެއިން ފެންނަމުންދަނީ ބޭރުގެ އިސްތިއުމާރީ ބާރަކުން ގައުމަށް އެރުމުން ފެންނާނެ ފަދަ މަންޒަރުތަކެއް ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އިއްޔެ ވަނީ ވިދާޅުވެފައެވެ. ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ ގަވައިދާ ހިލާފު ބިދޭސީންގެ މައްސަލައަކީ އެތައް އަހަރެއްވެ ހައްލު ނުވެ އޮތް ބޮޑު މައްސަލަ އެއް ކަމަށެެވެ. އަދި ރާއްޖޭގައި މިއަދު 179،954 ބިދޭސީން ރަޖިސްޓަރީ ވެފައިވާއިރު 66،000 އަށް ވުރެ ގިނަ ބިދޭސީން ޑޮކިއުމަންޓެއް ނެތި އުޅޭ ކަން ޝަމާލް ވަނީ ފާހަގަކުރެއްވިއެވެ. ޗީފް ވިދާޅުވީ ކުރިއަށް އޮތް ހައެއްކަ އަހަރަށް ވާވަރަށް ބިދޭސީން ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަހުމަދު ހާޝިރު

24-Jul-2020

ކޮންމެ ފަރަކުވެސް ގައުމު ސަލާމަތް ކުރާށޭ ކިޔާފަ ކޮންމެބަޔަކުވެސް ނުކުންނަނީ ދެން ވާގޮތަކީ މީ



ޓްރެންޑިން