މިހާތަނަށް ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމުމަކީ އަމާޒެއް ކަމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ބަޖެޓް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަފީޤު ވިދާޅުވީ، ކުރީ ސަރުކާރުން ޙަވާލުކުރި މަޝްރޫޢުތަކުގެ ތެރެއިން މިހާތަނަށް ފަށާފައިވާ މަޝްރޫއުތައް އަވަހަށް ކުރިއަށް ގެންގޮސް ނިންމުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. ހަމައެއާއެކު އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އާ ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދަން ރާވާފައިވާ 458 މަޝްރޫއަކަށް 1.5 ބިލިއަން ރުފިޔާ ހިމެނިފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަމާޒަކީ މިހާތަނަށް ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމުން. ނަމަވެސް މި އަހަރު ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހަށް އަންނަ އަހަރުގެ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރަން،" ޑރ. ޝަފީގު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރާވާފައިވާގޮތަށް ފައިސާ ނުލިބިއްޖެނަމަ ބަޖެޓު ތަންފީޒު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް ބަޖެޓަށް ފައިސާ ހޯދުމުގެ މަސައްކަތް އާސަރުކާރުން މިހާރު ވެސް ފަށާފައިވާކަމަށާއި، އެމިންވަރަށް ފައިސާ ނުލިބިއްޖެނަމަ ޢަމަލުކުރާނެގޮތުގެ ޕްލޭނެއް ވެސް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ދަޢުލަތުން ހުށައަޅާފައިވަނީ 49.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ ގާތްގަނޑަކަށް 34 ބިލިއަން ރުފިޔާއެވެ. ކުރީގެ މާލީ ވަޒީރު އަމީރު ވިދާޅުވީ އެ ބަޖެޓަކީ 13 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ކަމަށެވެ.
މި ސަރުކާރުގެ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގް ބަޖެޓު ކޮމިޓީގައި ވިދާޅުވީ އާ ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ހިންގަން ބަޖެޓަށް 1.5 ބިލިއަން ރުފިޔާ އިތުރުކޮށްފައިވާނެ ކަމަށެވެ. އަދި އެ އަދަދަށްވުރެ އިތުރަށް ބަޖެޓަށް އިތުރުކުރަން ސަރުކާރުން ބޭނުންވާ ކަމަށާއި އެހެންނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު އެކަން ކުރެވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު