ސަރުކާރު ކޯލިޝަންގެ ބައިވެރިން
ސަރުކާރު ކޯލިޝަންގެ ބައިވެރިން
މިސަރުކާރު ކޯލިޝަން ޕާޓްނަރުން ރައީސް ސޯލިހްގެ ތަރައްގީގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހް ގައުމަށް ގެނެސްދެއްވާ ތަރައްގީގެ ވާހަކަ އެމްޑީޕީން ވެސް ނުދައްކާ ކަމަށެވެ. ކޯލިޝަން ޕާޓްނަރުންނާއި އެމްޑީޕީން ވާހަކަ ނުދެއްކިޔަސް ރާއްޖޭގެ ގިނަ ރަށްރަށުގައި ތަރައްގީގެ ގިނަ ޕްރޮޖެކްޓްތައް މިހާރު ވެސް ކުރިއަށް އެބަދާ ކަމަށް މޫސަ ވިދާޅުވިއެވެ.

"ހަގީގަތަކީ ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީގެ ގިނަ ޕްރޮޖެކްޓް ތަކެއް އެބަ ހިނގާ، އަދި ނިމެމުންވެސް އެބަދޭ. 2023 ހުވަފެނުން ފެންނަވަރުން އިޝްތިހާރު ނުކުރެވެނީ." މަޖިލީހުގެ ކުރީގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި މޫސަ ވިދާޅުވިއެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު ރައީސް ސޯލިހްގެ ސަރުކާރުން ރަށްރަށުގެ ބިން ހިއްކުމާއި ބަނދަރު ހެދުމާއި މިނޫންވެސް ތަރައްގީގެ އެކި ޕްރޮޖެކްޓްތައް އެމްޓީސީސީ އިން ވެސް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ރައީސް ސޯލިހްގެ ކޯލިޝަން ސަރުކާރުގެ މި މަސައްކަތް ތައް ކޯލިޝަން ޕާޓްނަރުންވެސް އަދި ވެރިކަން ކުރާ އެމްޑީޕީން ވެސް ގިނަ ވަޒީރުންނާއި ސަރުކާރުގެ އިސް މަގާމު ތަކުގައި ތިއްބެވި ސިޔާސީ ފަރާތްތަކުން ވެސް ނުދައްކާ ސަބަބާއި މެދު ގިނަ ފަރާތްތަކުން ސުވާލު އުފައްދައެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ރައީސް މައުމޫނާއި ޖުމުހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދު ﷲ އާއެކު ގުޅިފައިވާ އިއްތިހާދަކުންނެވެ. އެހެންވީމާ ސަރުކާރު ހިންގަވަމުން ގެންދަވަނީވެސް އެފަރާތްތަކުން އެއްބަސްވެފައިވާ ގޮތަށް ސަރުކާރުން ބައި އަޅައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން