ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝުޖާއު އުސްމާނާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ދެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރެއްވި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެމަނަފުށީ މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެކަމުގައިވާނަމަ ބަންދުގައި ހުރި މީހާ މިނިވަންކުރާނެ ކަމުގެ މަޝްވަރާކޮށްފައިވާ ކަމުގެ ތުހުމަތުވެސް ޖޭއެސްސީން ޝުޖާއުގެ މައްޗަށް ވަނީ ކޮށްފައެވެ. ހައިކޯޓުގެ މުވައްޒަފަކަށް ކާވެނި ހުށަހަޅުއްވައި، ފުރައްސާރަކުރި ކަމުގެ ތުހުމަތު ޝުޖާއު އުސްމާންގެ މައްޗަށް ކުރެވޭ މައްސަލައެއް ވެސް މީގެކުރިން ޖޭއެސްސީ އަށް ހުށަހަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު