އައްޑޫ ސިޓީގެ ދެ އަވަށެއްގައި ގޭ ދޮށު މަސް ފެކްޓްރީ ގާއިމް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އައްޑޫ ސިޓީގައި ގޭދޮށު މަސް ފެކްޓްރީ ގާއިމް ކުރަނީ އިންޑިއާ ސަރުކާރުގެ އެހީގަ އެވެ. މަރަދޫ އަދި ހުޅުދޫގެ އިތުރުން ހިތަދޫގައި ވެސް މަސް ފެކްޓްރީ ގާއިމްކުރުމަށް ނިއްމައިފައިވާއިރު މި ތިން މަޝްރޫއަށް އިންޑިއާ ސަރުކާރުން 23 މިލިއަން ޑޮލަރުގެ އެހީ ދޭނެ ކަމަށް ފޮރިން މިނިސްޓްރީ އިން ހާމަކުރެއެވެ. އިންޑިއާ އިން ރާއްޖޭގައި ގޭދޮށު މަސްފެކްޓްރީ އަޅައިދޭން ނިންމާ އެކަން އިއުލާނު ކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު ވިދާޅުވީ މިއީ އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އިޖްތިމާއީ އަދި އިގްތިސޯދީ މަޝްރޫއުތަކުގެ ތެރެއިން މުހިއްމު މަޝްރޫއެއްކަމަށެވެ. އަދި މި މަޝްރޫޢާއެކު އައްޑޫ ސިޓީއަށް އިތުރު އިންވެސްޓްމަންޓްތައް އައުމަށް މަގުފަހިވާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އައްޑޫ ސިޓީގެ އިގްތިސޯދީ ހާލަތު އިތުރަށް ރަނގަޅުވެ، މަސްވެރިކަމާ ގުޅުން ހުރި ބައެއް ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެކަން ވެސް ފޮރިން ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ.
ވާޗުއަލްކޮށް މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި މަރަދޫ އަދި ހުޅުދޫގައި ގޭދޮށު މަސްފެކްޓްރީ ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވެސް މި ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު